ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 12:31
ކްރިސްމަސް މާކެޓްތަކުގައި މިހާރުވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި
ކްރިސްމަސް މާކެޓްތަކުގައި މިހާރުވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި
އޭއެފްޕީ
ސްޓްރަސްބަރގްގައި ބަޑިޖެހުން
ސްޓްރަސްބަރގްގައި ބަޑިޖެހުން: މަދުވެގެން ތިން މީހުން މަރުވި
ހަމަލާގައި 12 މީހުން ޒަޚަމްކޮށްލާފައިވޭ

ފްރާންސްގެ ސްޓްރަސްބަރގްގެ ކްރިސްމަސް މާކެޓެއްގައި ބަޑިން ހަމަލާދީ ތިން މީހަކު މަރާލައި އިތުރު 12 މީހަކު ޒަޚަމްކޮށްލައިފިކަމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓަރ ކްރިސްޓޯފް ކާސްޓަނަރ ވިދާޅުވެއްޖެއެވެ.

އަންގާރަދުވަހު ފްރާންސްގެ ގަޑިން ރޭގަނޑު 8 ޖެހިއިރު ދިން މި ހަމަލާއާއި ގުޅިގެން ހަމަލާ ދިންކަަަމަށް ތުހުމަތު ކުރެވޭ މީހާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

އިންޓީރިއަރ މިނިސްޓަރ ކްރިސްޓޯފް ކާސްޓަނަރ ވިދާޅުވީ ސަލާމަތީބާރުތަކަށް ދެ ފަހަރެއްގެ މަތިން ބަޑިން ހަަ،ަލާ ދިނުމަށްފަހު އޭނާ ފިލާފައިވާކަމަށެވެ.

ކާސްޓްނަރ ވިދާޅުވީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ބަލައި ތުރެޓް ލެވެލް އެންމެ މަތިކޮށް އަދި ސަރަހައްދީ ރޮނގުވެސް ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.

"މި ހަމަލާ ނަކަލުކޮށްގެން މިހެން ހަމަލާއެއް ދިނަ ނުދިނުމަށް ކްރިސްމަސް މާކެޓްތަކުގައި ސެކިއުރިޓީ ބަަލަހައްޓަން ފަށާނަން،" ދަންވަރު ދެއްވި ނޫސްކޮންފަަރެންސްގައި ކާސްޓްނަރ ވިދާޅުވިއެވެ.

ހަމަލާދިން ސަބަބެއް ސާފުނުވާއިރު ފުލުހުންވަނީ މައްސަލަގައި ތުހުމަތުކުރެވޭ 29 އަހަރުގެ މީހާ ފާހަގަކޮށްފައެވެ.

ޕޮލިސް ޔޫނިއަންގެ އޮފިޝަލް އެސޯސިއޭޓެޑް ޕްރެސްގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މިހާގެ ގެއަށް ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން އަންގާރަ ދުވަހު ގޮސްފައިވާއިރު އޭނާ ނެތްކަމަށެވެ.

އިންޓެލިޖެންސް އޮފިޝަލުންވަނީ ތުހުމަތުކުރެވޭ މީހާއަކީ ނުރައްކާތެރި މީހެއްކަން ފާހަގަކޮށްފައެވެ.

ހަމަލާއާއި ގުޅިގެން އޭނާ ހޯދުމަށް ސަލާމަތީ ބާރުތަކުގެ 350 މީހުންނާއި ދެ ހެލިކޮޕްޓަރ ބޭނުންކޮށްގެންދަނީ މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް