Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 19:10
ރައީސް ސާލިޙް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި މުލިއާގޭގައި ބައްދަލު ކުރައްވަނީ
ރައީސް ސާލިޙް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި މުލިއާގޭގައި ބައްދަލު ކުރައްވަނީ
ޓްވިޓަރ
އެމްޑީޕީ
ޤައުމީ މަޖިލިސް މެމްބަރުންނާއި ރައީސް މަޝްވަރާ ކުރައްވާފައިވަނީ ގޮނޑިތަކާއި ބެހޭ ގޮތުން
މި ބައްދަލުވުމުގައި ކޯލިޝަން އެއްބަސްވުމާޢި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ހޯމަ ދުވަހުގެ ރޭ މަޝްވަރާކުރައްވާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ނެރުމާއި ގުޅޭ ގޮތުންނާއި ކޯލިޝަން ދެމެހެއްޓުމާއި ބެހޭ ގޮތުން ކަމަށް ރާއްޖޭ އެމްވީއަށް އެނގިއްޖެ އެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ މުލީއާގޭގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކޯލިޝަން އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރު އެމްޑީޕީގެ ގައުމީ މަޖިލީހުން އެޕާޓީން މަޖިލިސް އިންތިޚާބުގައި 87 ދާއިރާއެއްގައި ވާދަ ކުރަން ނިންމާފައިވާއިރު، ކޯލިޝަން ޕާޓްނަރުންގެ ގޮނޑިތަކަށް ތާއީދު ހޯދުމަށް އެޕާޓީތަކުން ރައީސް އަރިހުން އެދޭނެތީވެ، އެކަމާއި ގުޅޭ ގޮތުން ވެސް ވާހަކަތަކެއް ދެކެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

މި ބައްދަލު ކުރެއްވުމުގައި ސަރުކާރު ހިންގުމާއި ގުޅުން ހުރި އެއް ވެސް ކަމެއްގައި މަޝްވަރާ ކޮށްފަ އެއް ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް އޮފީހުން ރައީސުލް ޖުމްހޫރިއްޔާ އެމްޑިޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރެއްވިކަން ހާމަކޮށްފައި ނުވާއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ރައީސް ސޯލިހް ބައްދަލު ކުރެއްވި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އެހެންނަމަ ވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އެ މެމްބަރުން ހިއްސާ ކުރައްވާފައެއް ނުވެއެވެ. އަދި މިއީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ އެ މަޖިލީހުގެ ނުރަސްމީ ބައްދަލުވެމެއް ނޮވެމްބަރު މަހު 29 ވަނަ ދުވަހު ބާއްވާފައެވެ.

މި ބައްދަލުމުވަކީ އެމްޑީޕީގެ ރަސްމީ ބައްދަލުވުމެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް