Advertisement
ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 15:21
ޕީޕީއެމް ރުމާލު 2 ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޕީޕީއެމް ރުމާލު 2 ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ޕާޓީތަކުގެ ދަރަންޏަށް ލީޑަރޝިޕުން ޒިންމާވުމަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ބިލު ބޭރުކޮށްލީ ސަރުކާރު ކޯލިޝަންގެ ވޯޓުން
ބޭރުކޮށްލުމަށް 37 މެމްބަރުން ވޯޓު ދެއްވި
ބިލު ހުށަހެޅުއްވީ މެމްބަރު އާމިރު

ދަރަންޏެއް އަދާކޮށް ޚަލާސް ކުރުމުގެ އެންމެހާ ޒިންމާ އެ ދަރަނީގެ މުއާމަލާތް ހިންގުނުއިރު ޕާޓީގެ މަސްއޫލިޔަތުތަކާ ހަވާލުވެ ތިބި ފަރާތުން އުފުލަންޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ބޭރުކޮށްލާފައި ވަނީ 37 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ބަލައިގަތުމަށް 17 މެމްބަރުން ވޯޓު ދެއްވިއެވެ. އެ އިސްލާހު ބޭރުކޮށްލުމަށް ވޯޓު ދެއްވީ ސަރުކާރު ކޯލިޝަންގެ މެމްބަރުންނެވެ.

އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕާޓީއަކުން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަންޖެހޭފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ އެންމެހައި ޒިންމާއެއް އުފުލަން ވާނީ އެ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވިއިރު ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެ ތިބި ފަރާތަކުން ކަމަށެވެ.

އާމިރު ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަންޏެއް ނުދައްކާނަމަ އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓޫން ދޭ ފައިސާއިން އެ ދަރަންޏެއް ދެއްކުމަށް ފައިސާ އުނިކުރުމުގެ ބާރު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް