ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 12:35
ޔަހުޔާ ޖަމޭގެ ދެކަނބަލުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުންނާއިއެެކެ: އެމެރިކާ އިން ވަނީ ޔަހުޔާ ބުލެކް ލިސްޓު ކޮށްފައި
ޔަހުޔާ ޖަމޭގެ ދެކަނބަލުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުންނާއިއެެކެ: އެމެރިކާ އިން ވަނީ ޔަހުޔާ ބުލެކް ލިސްޓު ކޮށްފައި
ވިކިޕީޑިއާ
ރައީސް ޔަހްޔާ ޖަމްމޭހު
ޔަހުޔާ ޖަމޭހު އެމެރިކާއަށް އެރުން މަނާކޮށްފި
އެމެރިކާއިން ވަނީ ޔަހުޔާ ބްލެކް ލިސްޓު ކޮށްފައި

ގެމްބިއާގެ ކުރީގެ ރައީސް ޔައުޔާ ޖަމޭހް އެމެރިކާ އަށް އެރުން މަނާކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން ޔަހުޔާގެ އިތުރުން އޭނާގެ އާއިލާގެ އެއްވެސް މެމްބަރަކަށް އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. 

އެމެރިކާގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ބުނާގޮތުން، އެއްވެސް ވަރަކަށް ކޮރަޕްޝަން ނުވަތަ އިންސާނިއްޔަތާއި ހިލާފު އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާ ބޭރުގެ އެއްވެސް އޮފިޝަލަކަށް އެގައުމަށް އެތެރެއެއް ނުވެވޭނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މި ފަދަ ބަޔާނެއް ނެރެފައިމިވަނީ، ސިފައިން ނިކުމެ ޔަހުޔާގެ ވެރިކަން ނިމުމަކަށް ގެނައިތާ ދެ އަހަރު ފަހުންނެވެ. ގެމްބިއާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެވަޑާއިގަތުމުން ނަތީޖާ ގަބޫލުފުޅުކުރުމަށްފަހު ޔަހުޔާ ވަނީ ދެކޮޅު ހައްދަވައިފައެވެ.

ޔަހުޔާ އިސްތިއުފާ ދެއްވާފައިވަނީ އެފްރިކާގެ ގައުމުތަކުގެ ޕްރެޝަރު ބޮޑުވެ، އެ ސަރަހައްދުގެ ގައުމުތަކުން ސިފައިން ގެމްބިއާއަށް އަރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ. ވެރިކަމުން ފޭބުމަށްފަހު ޔަހުޔާ ވަނީ ގެމްބިއާ ދޫކޮށް އިކުއިޓޯރިއަލް ގިނީއަށް 2017 ވަނަ އަހަރު ބަދަލުވެފައެވެ. ވެރިކަމުގެ ދުވަސްވަރު 50 މިލިއަން ޑޮލަރު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ޔަހުޔާގެ މައްޗަށް ކުރެވިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް