Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 17:54
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައެއް އިސް ބޭފުޅުން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައެއް އިސް ބޭފުޅުން
މުހައްމަދު ޝަރުހާން
ގައުމީ ޔުނިވާސިޓީ
ގައުމީ ޔުނިވާސިޓީގެ ގާނޫނުގައި ހުރި ތައާރަޒުވުންތައް ނައްތާލަށް އިސްލާހެއް ހުށަހަޅައިފި
ޗާންސެލަރާއި ވައިސް ޗާންސެލަރު އައްޔަން ކުރާނީ ރައީސް
ވައިސް ޗާންސެލަރ ވަކިކުރުމުގެ ބާރު ކައުންސިލަށް
ކައުންސިލަށް ފަސް މެމްބަރުން އައްޔަން ކުރަނީ ރައީސް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނުގައި ހުރި ތައާރަޒުވުންތައް ނައްތާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ބިލު ހުށަހެޅުއްވީ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ގައުމީ ޔުނިވާސިޓީއަށް ވައިސް ޗާންސެލަރާއި ޑެޕިއުޓީ ޗައިސް ޗާންސެލަރު އައްޔަން ކުރާނީ ޔުނިވާސިޓީގެ ކައުންސިލުން ކަމުގައި އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ކަނޑައަޅާފައިވާ ކަމަށެވެ.

ނަސީރު ވިދާޅުވީ އޭނާ ހުށަހެޅުއްވި އިސްލާހުގެ ބޭނުމަކީ ރައީސް ޔާމީންގެ ސަރުކާރުން އެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެ ޔުނިވާސިޓީގެ ކައުންސިލަށް އޮތް އިހްތިޔާރުތަކާ ބެހޭ ބައެއް މާއްދާ އަދިވެސް އެ ގާނޫނުގައި އިސްލާހުކޮށްފައި ނުވުމުން، ގާނޫނުގައި ހުރި ތައާރަޟުވުންތައް ނައްތާލުން ކަމަށެވެ.

އެގޮތުން ވައިސް ޗާންސެލަރ ވަކިކުރުމުގެ ބާރު ޔުނިވާސިޓީގެ ކައުންސިލަށް ދީފައިވާ އޮތް އޮތުން، ތަފްސީލުކޮށްދީފައިވެއެވެ. އޭނާ މަގާމުން ވަކިކުރެވޭނީ ކައުންސިލްގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވެގެން ކަމަށް ނަސީރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ. އަދި އެގޮތަށް ފާސްކުރެވޭނީ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުމާއި އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ހާލަތެއް މެދުވެރިވެގެން ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލުވުމާއި ދޭންވާ ސަމާލުކަން ނުދިނުމެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ ޔުނިވާސިޓިއަށް ޗާންސެލަރާއި ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް ފަސް މެމްބަރުން އައްޔަން ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް