ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 17:51
ބޮޑުވަޒީރު ޕްރަޔުތު ޗަން އޯ ޗާ ހުކުރު ދުވަހުވަނީ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާނާއި ހުކުރު ދުވަހު ބައްދަލުކުރައްވާފައި
ބޮޑުވަޒީރު ޕްރަޔުތު ޗަން އޯ ޗާ ހުކުރު ދުވަހުވަނީ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާނާއި ހުކުރު ދުވަހު ބައްދަލުކުރައްވާފައި
ރޮއިޓަރސް
ތައިލެންޑްގެ އާއްމު އިންތިޚާބު
ތައިލެންޑްގެ އާއްމު އިންތިޚާބު ފެބްރުއަރީ މަހުގެ 24 ގައި
އިންތިޚާބު ވަނީ އެތައް ފަހަރެއްގެ މަތިން ފަސްކުރެވިފައި

އެތައް ފަހަރެއްގެ މަތިން ފަސްވެފައިވާ ތައިލެންޑްގެ އާއްމު އިންތިޚާބު އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި ވާކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު އިއުލާނުކޮށްފިއެވެ.

"އިލްކެޝަންސް ކޮމިޝަނުން ވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހަކީ އިންތިޚާބު އޮންނަ ދުވަސްކަމަށް ކަނޑައަޅާފައި،" އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ނާއިބް ނެޓް ލައޯސިއާވަކުލް އަންގާރަ ދުވަހު ވިދާޅުވިއެވެ.

އިންތިޚާބު ބާއްވާނެ ދުވަސް އިއުލާނު ކޮށްފައި ވަނީ ސިޔާސީ ހަރަކާތް ހިންގުން މަނާވެފައި އޮތް އޮތުން ނިމުމަކަށް ގެނައިކަން ސަރުކާރުން އިއުލާނުކުރިތާ އިރުކޮޅެއްގެ ތެރޭގައެވެ.

އަސްކަރީ ސަރުކާރުން 2014 ވަނަ އަހަރު ބާރުތައް ނެގުމަށް ފަހު ސިޔާސީ ހަރަކާތްތައް އެ ގައުމުގައި އޮތީ މަނާކުރެވިފައެވެ. 

އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރުން ފެށިގެން އޮތީ ކޮންމެވެސް ވަރެއްގަ ލުއިތަކެއް ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިއުލާނާއެކު ޖެނުއަަރީމަހުގެ ކުރީކޮޅުން ފެށިގެން ސިޔާސީ ޕާޓީތަކުން ކެމްޕެއިންކުރަން ފެށޭނެއެވެ.

ސިޔާސީ ވާދަވެރިކަން އަނެއްކާ ވެސް ފެނިގެން ދާނެކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ "ރެޑް ޝާޓް" އާއި އަސްކަރިއްޔާއާއި އަދި ޝާހީ އާއިލާއާ ގުޅިފައިވާ ފަރާތްތަކެއްގެ އަމިއްލަ ޕާޓީއާއެވެ.

ތައިލެންޑްގައި 2001 ވަނަ އަހަރުން ފެށިގެން ބޭއްވި ކޮންމެ އިންތިޚާބެއް ތަކްސިންގެ ޕާޓީން ކާމިޔާބު ކޮށްފައި ވާއިރު އެ ޕާޓީގެ ސަރުކާރު އެ މުއްދަތުގައި ދެ ފަހަރެއްގެ މަތިން ބަޣާވާތަކުން ވައްޓާލާފައިވެއެވެ.

އެންމެ ފުރަމަތަ ފަހަރަށް ވައްޓާލާފައި ވަނީ 2006 ވަަނަ އަހަރު ތަކްސިން ވެރިކަމުގައި ހުންނަވަނިކޮށެވެ. އަދި ދެވަނަ ފަހަރަށް ވައްޓާލާފައި ވަނީ ތަކްސިންގެ ކޮއްކޯފުޅު ޔިންގްލަކް ޝިނަވަޓްރާ ވެރިކަމުގައި ހުންނަވަނިކޮށް 2014 ވަނަ އަހަރުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް