ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 19:46
ޑރ. ސުވައަދީ ޓްރެއިނިންގައި
ޑރ. ސުވައަދީ ޓްރެއިނިންގައި
ގޫގުލް
ކަސްރަތު
ޑރ. ސުވައަދީ - އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން އަބޫދާބީއިން މައްކާއަށް ދުވެފައި ދާން ތައްޔާރު ވަނީ!
2000 ކިލޯމިޓަރު ދުވާނެ

ގުޅިފައިވާ ގައުމުތަކުގެ ދެމެދު ދަތުރުކޮށް އުޅެނީ އެކި ކަހަލަ އުޅަނދު ތަކުގައެވެ. ކާރު، ވޭން އަދި ސައިކަލުން ދަތުރު ކުރާ މީހުންވެސް އުޅެއެވެ. ޔޫރަޕްގެ ގައުމަތަކަށް ބަލައިލިޔަސް އިނގިރޭސިވިލާތުން ފަރަންސޭސި ވިލާތަށް ކާރުގައި، ކަނޑު ހުރަސްކޮށް ކަނޑު އަޑިން ހަދާފައިވާ މަގަކުން އެންމެ ލަސްވެގެން ބައި ގަޑިއިރުތެރޭ ދެވޭނެއެވެ. އަރަބި ގައުމުތަކުގެ ތެރެއިން ޔޫއޭއީން ސައުދީ ޢަރަބިއްޔާގެ މައްކާއަށް ވެސް 16 ގަޑި އިރުތެރޭ ދުއްވާފައި ދެވޭނެއެވެ. ނަމަވެސް މި ފަދަ ފަސޭހަ ގޮތަށް ދެވެން އޮތަސް ޑރ. ހާލިދް އަލް ސުވައިދީ ބޭނުންވަނީ ދުވެފައި ޔޫއޭއީގެ އަބޫދާބީއިން ސަޢޫދީގެ މައްކާއަށް ދަތުރުކުރާށެވެ.

ސުވައިދީ ދުވަން ހަމަޖެހިފައިވަނީ ފެބުރުއަރީ މަހު

ޔޫއޭއީގެ އެމިރޭޓްސް ސެންޓަރ ފޯ ސްޓްރެޓީޖިކް ސްޓަޑީސް ރިސާޗްގައި އެކްޒެކްޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޑރ. ސުވައިދީ ބޭނުންވަނީ ޔޫއޭއީގެ އަބޫދާބީ އިން މައްކާއަށް 2000 ކިލޯ މީޓަރު ކަޑަތުކޮށް، ދުވެފައި ދާށެވެ. ސުވައިދީ ދުވެފައި ދާން ނިންމުމުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކާރުގައި ނޫނީ ބަހުގައި 16 ގަޑި އިރުތެރޭ ދެވޭ ތަނަކަށް ދުވެފައި ދާންވީ ސަބަބު އެމީހުންވެސް ބަލަން ބޭނުންވެއެއެވެ. ސުވައިދީގެ ޖަވާބަކީ އޭނާ ދުވެފައި ދާން ބޭނުންވަނީ ދެ ގައުމު ދޭތެރޭގައި އޮތް އަޚުވަންތަކަމުގެ ގުޅުން ދައްކައި ދިނުމުގެ ގޮތުން ކަމަށެވެ. ސުވައިދީ ކުރިމަތިލާފައި މިވަނީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ.

 
ޖިމްގައި 3000 ގަޑި އިރު ސުވައިދީ ވަނީ ހޭދަކޮށްފައި 

އަރަބި ގައުމުތަކަކީ ވަރަށް ބޮޑަށް ހަނަފަސް ސަހަރާ ގިނަ އަދި އެހާމެ ހޫނު ތަނެކެވެ. ނަމަވެސް ސުވައިދީގެ ދަތުރަށް އޭނާ ދަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންނެވެ. ދަތުރަށް ފަރިތަކުރުމުގެ ގޮތުން އޭނާ 40 ދުވަސް ވަންދެން ކޮންމެ ދުވަހަކު 50 ކިލޯމީޓަރަށް ދުވެއެވެ. ސުވައިދީ ދުވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. ދަތުރަށް ތައްޔާރުވުމުގެ ގޮތުން ހުއްޓުމެއް ނެތި ސުވައިދީ މަސައްކަތް ކުރަމުންދާތާ 270 ދުވަސް ވަނީ ވެފައެވެ. އެގޮތުން މިއަހަރު ނޮވެމްބަރު މަހު އޭނާވަނީ ޖުމްލަ 7،150 ކިލޯމީޓަރަށް ދުވެފައެވެ. ސުވައިދީ ވަނީ މިހާތަނަށް ޖިމްގައި 3000 ގަޑި އިރު ހޭދަކޮށްފައެވެ.

 

40 ދުވަސް ވަންދެން ކޮންމެ ދުވަހަކު 50 ކިލޯމީޓާރަށް ސުވައިދީ ދުވާނެ

ސުވައިދީ މިފަދަ ކަމަކާއި ކުރިމަތިލީކަން އެނގުމުން ނޫސްތަކުން އޭނާއާއި ސުވާލުކުރުމުން އޭނާ ބުނީ މިއީ އެހާ ފަސޭހާކަމެއް ނޫންކަން އެނގޭ ކަމަށާއި ނަމަވެސް އެއް މިނެޓަށްވެސް ހިތްވަރު ދޫކޮށްނުލާނެ ކަމަށެވެ. އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ މި ކަން ކޮށް ނިމުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ސުވައިދީ ދުވަމުންދާއިރު އޭނާގެ ސިއްހީ ހާލަތު މޮނިޓަރ ކުރުމަށް އޭނާގެ ދަތުރުގައި ހަ ޑޮކްޓަރެއް ބައިވެރިވާނެއެވެ.  

ޔޫއޭއީ އާއި ސައުދީ އަރަބިއާ އަކީ ވަރުގަދަ ގުޅުމެއް އޮންނަ ދެ ގައުމެވެ. އެ ދެ ގައުމުގެ ދޭތެރޭ އޮންނަ ގުޅުމުގެ ވަރުގަދަކަން އަންގައިދޭން ސުވައިދީ ބޭނުންވެފައިވާއިރު އޭނާ ދުވެގެން ހިއްލާ ކޮންމެ ދާތިއްކަކީ އޭނާއަށް ވަރަށް މުހިއްމު ދާ ތިއްކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާގެ މަންޒިލް ކަމުގައިވާ މާތްވެގެންވާ މައްކާއަށް ދެވި، އުމްރާ ކުރެވެމުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސުވައިދީ ވަނީ މީގެ ކުރިންވެސް ކެންސާރާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ދުވެފައެވެ. އެ ފަހަރު ދުވެފައިވަނީ ޔޫއޭއީގެ ފުޖައިރާއިން އަބޫދާބީއަށެވެ. އެ ފަހަރު އޭނާ ވަނީ 372 ކިލޯމީޓަރު ހަމަކޮށް 80 ގަޑިއިރު ދުވެފައެވެ.

ކަސްރަތާއި ދުވުމަށް ޝައުގުވެރިވެ، އެކަމުގެ ތެރެއަށް ސުވައިދީ ވަދެފައިވަނީ 2015 އަހަރު އޭނާ ގައިގައި ހަކުރު ބަލި ހުރިކަން އެނގުނު ހިސާބުންނެވެ.

- ކޮމެންޓް