Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 21:58
މާފަންނު ސަހަރާގެ ތެރޭގައި އޮތް ފެންގަނޑު
މާފަންނު ސަހަރާގެ ތެރޭގައި އޮތް ފެންގަނޑު
މުހައްމަދު ޝަރުހާން
މާލެސިޓީ
މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
ކުރިޔަށް އޮތް ހަފްތާތެރޭގައި އެއްކޮށް ފަސް އަޅައި ނިމޭނެ

ނިމިގެންދިޔަ ރައީސް ޔާމިންގެ ސަރުކާރުގައި މާފަންނު ސަހާރާގައި ޕާކިންގ ޒޯނެއް ހެދުމަށްކަމަށް ބުނެ ކޮނެފައިވާ ވަޅުގަނޑު ނޫސްވެރިންނަށް ދައްކާލައިފިއެވެ.

ކޮނެފައިވާ ސަރަހައްދުގައި ހުރި ވަޅުގަނޑު ދައްކާލުމައްފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މާލެސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ މާފަންނު ސަހަރާގެ ސަރަހައްދުގައި ވަޅުގަނޑެއް ކޮނެ، ގިނަ ދުވަސްތައްވުމުގެ ސަބަބުން މަދިރި އުފެދިދާނެތީ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި، ޕަބްލިކް ވަރކް ސަރވިސްގެ ފަރާތުން ފެންގަނޑަށް ފަސް އެޅުމުގެ މަސަތްކަތް ފަށާފައިވާކަމަށެވެ. މީގެ އިތުރުން މޭޔަރ ވިދާޅުވީ ކުރިޔަށް އޮތް ހަފްތާތެރޭގައި އެއްކޮށް ފަސް އަޅައި ނިމޭނެކަމަށާއި ގަވާއިދުން މަދިރި ކޮންޓްރޮލް ކުރުމައްޓަކައި ޖަހަންވާ ބޭސް، ސިޓީ ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޓީމުން އެޗްޕީއޭ އާއި ގުޅިގެން ޖަހަމުން ދާކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ އެމް.ޑަބްލިއު.އެސް.ސީ. އާއި ގުޅިގެން ހެންވޭރު ސަރަހައްދުގައި ހުރި ޖަންކްޝަން ވެސް ބަންދު ކުރަން ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތް ހޯމަ ދުވަހުގެ ރޭ ފައްޓާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ ސަނާ ސަލީމް ވިދާޅުވީ ޖެނެރަލް ކޮމްޕްލެ އިން ޑިޕާރޓްމެންޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ ނިމިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، އެ ދުވަހުއްސުރެ އެޗް.ޕީ.އޭ. ގެ ފަރާތުން ފެންގަނޑުން މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ކެމިކަލް ޖަހަމުން ގެންދާކަމަށެވެ. މީގެ އިތުރުން އެޗްޕީއޭ. އިން ވަނީ ފެން ހަރުލާ ގޮތަށް އާއްމު ތަންތަނުގައި ފުޅި އާއި އެހެނިހެން ތަކެތި އުކާފައި ނު ބެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސްކޮށް، ދިރިއުޅޭތަން ސާފު ތާހިރުކޮށް ބެހެއްޓުމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް