Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 21:22
ގަވަނަރ އަހްމަދު ނަސީރު
ގަވަނަރ އަހްމަދު ނަސީރު
ޓްވިޓަރ
އެމްއެމްއޭ
ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
އެހެން އެއްވެސް ކަރަންސީއެއް ނުހުންނާނެ

ދައުލަތުގެ ޚަޒާނާ ހަރުދަނާ އުޞޫލަކުން ބަލަހައްޓަމުން ގެންދާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކާއި ގުޅުވައި، އެމް.އެމް.އޭ. ބަދުނާމުކޮށް ރައީސް ޔާމީން ވާހަކަފުޅުތަކެއް ދައްކަވާފައި ވަނިކޮށް ގަވަރުނަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދައުލަތުގެ ޚަޒާނާގައި ޑޮލަރެއް ނުހުންނާނެކަމަށެވެ. އަދި ދިވެހި ފައިސާ ފިޔަވައި އެހެން ފައިސާ އެއް ނުހުންނާނެކަމަށް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ދައުލަތުގެ ހަޒާނާ އަށް ވަންނަ ފާއިސާއަކީ ދައުލަތުގެ 3 މުއައްސަސާ އެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮޑިޓަރ ޖެނެރަލް އަދި ފިނޭންސް މިނިސްޓަރުގެ ހާޒިރުގައި ވައްދާ ފާއިސާތަކެއް ކަމަށާއި، އެގޮތުން އެއީ ޗާޕްކޮށްގެން ގެންނަ ފާއިސާގެ ޝިޕްމަންޓްތައް ކަމަށެވެ. އަދި މިގޮތަށް ގެންނަ ފާއިސާ ވައްދާއިރު މޯލްޑިވްސް ކަސްޓަމްސް ސާރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރިވިސް ވެސް މިކަމުގައި ހާޒިރުވެ ތިބޭނެ ކަމަށް ގަވަނަރ ވިދާޅުވިއެވެ.

މިގޮތަށް މިކަންކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވެ ވަޑައިގަތީ، ސްޓީލިން ޕެރަޑައިސްގެ ނަމުގައި އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި އެމްއެމްއޭގައި ޕެލެޓެއް ބެހެއްޓިދާނެތޯ އާއި ބެހޭގޮތުން ދެކެވިފައި ހުރި ވާހަކަތަކާއި ގުޅިގެން ތަފާތު ވަހަކަތަކެއް ދެކެވިފައިވާތީ، ދައުލަތުގެ ހަޒާނާއަކީ ދިވެހި ފާއިސާ ނޫން އެހެން އެއްވެސް ގައުމެއްގެ ފާއިސާ ހުންނަ ތަނެއް ނޫންކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

އެހެންކަމުން އޮންނަ އުސޫލުގެ ބޭރުން އެހެން އެއް ވެސް ގައުމެއްގެ ފާއިސާ އެއް ދައުލަތުގެ ހަޒާނާ އަށް ނުވަންނާނެ ކަމުގެ ޔަޤީންކަން ގަވަނަރ ދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
10 ޑިސެންބަރ 2018 | ހޯމަ 18:07
އަލީ
ތީ ކަނޑައެޅިގެން ދޮގެއް..... ސިންގަޕޫރުން ކޮންްމެ ހަފަތާއަކު 10 މިލިއަން ޑޮލަރު ޔާމީން ވެރިކަމުގަ އެމްއެމްއޭ އަށްގެނޭ... ކަސްޓަމްސްގެ ހިސާބުތަކުން ފެންނާނެ... ކޮބާ އެ ޑޯލަރުތައް... ކާލީ ދޯ