ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 06:26
ނަޖީބް ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ފައިސާ ދެއްކުމަށްފަހު މި މައްސަލައިގައިވެސް ދޫކޮށްލެވޭނެ
ނަޖީބް ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ފައިސާ ދެއްކުމަށްފަހު މި މައްސަލައިގައިވެސް ދޫކޮށްލެވޭނެ
އިންޑިއަން އެކްސްޕްރެސް
1އެމްޑީބީގެ ޚިޔާނާތް
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު އަނެއްކާވެސް ހައްޔަރުކޮށްފި
1އެމްޑީބީގެ ފައިނަލް އޮޑިޓް ރިޕޯޓަށް ނުފޫޒުފޯރުވުމުގެ ތުހުމަތު ނަޖީބަށް ކުރެވޭ

މެލޭޝިއާގެ 1އެމްޑީބީގެ ފައިނަލް އޮޑިޓް ރިޕޯޓަށް ނުފޫޒުފޯރުވާ އެ ރިޕޯޓް ނައްތާލަން މަސައްކަތްކުރެއްވި ކަމުގެ ތަހުގީގަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ނަޖީބް ހައްޔަރުކުރެވިފައިވަނީ އެ މައްސަލައިގެ ތަހުގީގުގެ އިތުރު ބުރެއްގައި ސުވާލުކުރުމަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހޯމަ ދުވަހު ހާޒިރުކުރުމަށްފަހުއެވެ.

ނަޖީބް ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ފައިސާ ދެއްކުމަށްފަހު މި މައްސަލައިގައިވެސް ދޫކޮށްލެވޭނެއެވެ.

1އެމްޑީބީގެ ފައިނަލް އޮޑިޓް ރިޕޯޓަށް ބަދަލުގެންނެވުމަށް ނަޖީބް މަސައްކަތްކުރައްވާފައިވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން 26 ފެބުރުއަރީ 2016 ގައެވެ.

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ އެ ރިޕޯޓް އޮޅުވާލަން އުޅުނުކަމުގެ ތުހުމަތުގައި އެތައް ބަޔަކާ ސުވާލުކޮށްފައެވެ.

ނަޖީބުގެ އިތުރުން އެޓަރނީ ޖެނެރަލް އޮފީހުގެ ކުރީގެ ލީގަލް އޮފިސަރ ޒުލްކިފްލީ އަހުމަދާއި ކުރީގެ އޮޑިޓަރ ޖެނެރަލް އަމްބްރިން ބުއަންގއާއި ސަރުކާރުގެ ކުރީގެ ޗީފް ސެކްރެޓަރީ ޑރ އަލީ ހަމްސާއާއި 1އެމްޑީބީގެ ރައީސް އަދި ޗީފް އެގްޒެކްޓިވް އޮފިސަރ އަރުލް ކަންޑަ ކަންޑަސާމީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް