Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 22:19
ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ހެނބަދޫގައި
ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ހެނބަދޫގައި
ސޯޝަލް މީޑިއާ
ރައީސް އޮފީސް
ރައީސްގެ މަންދޫބެއްގެ ގޮތުން ހެނބަދޫއަށް ވަޑައިގެންނެވި މިނިސްޓަރ ސަމީރު ރައްޔިތުންނާއި ބައްދަލުކުރައްވައިފި
އާދިއްތަ ދުވަހު ހެނބަދޫގެ ކައުންސިލާއި އެކު ދެ ބައްދަލުވުމެއް ބާއްވާފައިވޭ
ޚިޔާލު ތަފާތުވި ފަރާތްތަކުގެ ޝަކުވާތައް ވެސް އަޑުއައްސަވާފައިވޭ
ހެބަނދޫއިން ލިބުނު މައުލޫމާތުތަކުގެ މައްޗައް ބިނާކޮށް ރިޕޯޓެއް އެކުލަވާލެވޭނެ

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ނ. ހެނބަދު އަށް ވަޑައިގެން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ އަޑު އައްސަވައިފިއެވެ. 
މި ދަތުރުފުޅާއި ބެހޭ މައުލޫމާތު ރާއްޖެ އެމްވީއާ ހިއްސާ ކުރައްވަމުން މިނިސްޓަރު ސަމީރު ވިދާޅުވީ އާދިއްތަ ދުވަހު ހެނބަދޫގެ ކައުންސިލާއި އެކު ދެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި އެކުވެސް ދެ ބައްދަލުވުމެއް ބާއްވާފައި ވާކަމަށެވެ. 

މީގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނާއި އެކު ބައްދަލުވުމެއް ބާއްވާފައިވާއިރު ދައުލަތުން ބޭނުންވާ ކަންތައްތަކާއި އަދި ރައީސް ސޯލިހްގެ ވިސްނުންފުޅު ވެސް ރައްޔިތުންނާއި ހިއްސާ ކުރައްވާފައި ވާކަމަށް ސަމީރު ވިދާޅުވިއެވެ. ހަމަ އެއާއި އެކު އެރައްްޔިތުންގެ ކަންބޮޑުވުންތާކާއި އަދި ޚިޔާލު ތަފާތުވި ފަރާތްތަކުގެ ޝަކުވާތައް ވެސް އަޑުއައްސަވާ، މަޝްވަރާ ކުރައްވާފައި ވާކަމަށް މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.  

އިތުރަށް ސަމީރު ވިދާޅުވީ މިއަދު ކުރައްވަމުންދާ މަސައްކަތްޕުޅަކީ ހެނބަދޫ އިން ލިބިފައިވާ ހުރިހާ މައުލޫމާތެއް އެއްކުރައްވައި، އެމައުލޫމާތުތަކުގެ މައްޗައް ބިނާކޮށް ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި މިރިޕޯޓް ރައީސް ސޯލިހުގެ އަތްޕުޅަށް އެރުވޭނެ ކަމަށެވެ.

މިނިސްޓަރ ސަމީރު ހެނބަދުއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިއްމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މިއީ ވެރިކަމަށް ވަޑައިގަތްފަހުން ރައީސް ސޯލިޙް އެމަނިކުފާނުގެ ފަރާތްޕުޅުން ރަށަކަށް މަންދޫބަކު ފޮނުއްވި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުގެ މިނިސްޓަރ ކަމަށް ސަމީރު އައްޔަން ކުރެއްވީ ނިމިދިޔަ ހަފްތާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް