Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 21:05
ގދ. ވާދޫ
ގދ. ވާދޫ
ރާއްޖެއެމްވީ
ކުއްޖަކު ވިހެއުމަށްފަހު ބާލިދީަކަށް ލުން
ބާލިދީއަށްލާފައި އޮއްވާ ފެނުނު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި
ކުއްޖާގެ ސިއްހީ ހާލަތު ރަނގަޅު
ކުއްޖާ ބާލިދީއަށް ލާފައި އޮއްވައި ފެނުނީ އަވައްޓެރިއަކަށް

ވިހެއުމަށް ފަހު ބާލިދީއެއްގެ ތެރެއަށް ލާފައި އޮއްވައި ގދ. ވާދޫ އިން ފެނުނު ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ކުއްޖާ އިއްޔެގެ ވަގުތެއްގައި ފިޔަވަތި މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފިޔަވައްޗަށް ބަދަލުކުރުމުގެ ކުރިން ހޮސްޕިޓަލުގައި ކުއްޖާ އޮތް ދުވަސްތަކުގައި ވެސް ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ޖެންޑާގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް މުހައްމަދު ވިދާޅުވީ ކުއްޖާގެ ސިއްހީ ހާލަތު ރަނަގަޅު ކަމަށާއި މިވަގުތު ސިއްހީ މައްސަލައެއް ފެނިފައި ނުވާ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުރިއަށް ދަނީ ކުއްޖާގެ އާއިލާގެ ތެރެއިން ކުއްޖާ ބަލަން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމަށް ޕްރީ އިންޓަގްރޭޑް މަރުހަލާ ކަމަށާއި އެއަށް ފަހު އެފަދަ މީހަކު ހުރި ނަމަ ރީ އިންޓަގްރޭޓް ކުރެވޭނެ ކަމަށެވެ. ފޯސްޓަރިން އުސޫލުން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ނަގަން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމަށް ފަހު އެފަދަ ބަޔަކާ ހަވާލު ކުރާނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ކުއްޖާގެ ހުރުމަތަށާއި، ކަމުގެ ހައްސާސްކަމަށް ރިޔާއަތްކޮށް، މީޑިއާ އާއި މީސްމީޑިއާގައި އެ ކުއްޖާގެ އެއް ވެސް ފޮޓޯ އެއް ޝާއިޢު ނު ކުރުމަށް ޖެންޑާ މިނިސްޓްރީން މީގެ ކުރިން އިލްތިމާސް ކޮށްފައި ވެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ވާދޫ އަންހެނަކު ވިހެއުމަށް ފަހު ކުއްޖާ ބާލިދީ އަށް ލާފައި އޮއްވައި ފެނުނީ އެމީހާގެ އަވައްޓެރިއަކަށެވެ. އަންހެން މީހާ ކުރިން ކުރި ކައިވެންޏަށް ތިން ކުދިން ލިބިފައިވާ އިރު އޭނާ މިހާރު އުޅެނީ މީހަކާ އިނދެގެނެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
9 ޑިސެންބަރ 2018 | އާދީއްތަ 16:43
ޤާބިލިޔަތު ކަމެއް
ތި ހަމަ ހޮދޭނެ ޤާބިލިޔަތު ކަމެއް ތިޤައުމަކު ނުހުންނާނެ ހަމަމަރާފަވެސް އުކަންވީ