Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 19:37
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޓްވިޓަރ
ރައީސް މައުމޫނު
ރާއްޖޭގައި އިސްލާމީ ސަގާފަތް ފެތުރުމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރިއްޔާ: ރައީސް މައުމޫން
ރާއްޖެ އިސްލާމްވީ ހިޖްރީ ގޮތުން 548 ވަނަ އަހަރުގެ

ރާއްޖެ އިސްލާމްވި ފަހުން ވޭތުވެ މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ޢަޤީދާ ވަރުގަދަކޮށް އިސްލާމީ ސަގާފަތް ފެތުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު ދަންނަވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އިސްލާމްވި ފަހުން ވޭތުވެ މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، އިސްލާމީ ސަގާފަތް ފެތުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައި ހެޔޮ ދުޢާ ކުރަން ކަމަށެވެ.

ރާއްޖެ އިސްލާމްވެފައިވަނީ ހިޖްރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރް މަހުގެ ދެވަނަ ދުވަހެއެވެ. މީލާދީ ގޮތުން 1153 ވަނަ އަހަރުއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަނގަކުރަމުން އަންނަނީ ދޭއް ރަބީއުލްއައްވަލް އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހިތާބްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ސާފު ޢަޤީދާއިން ބޭރުވެގެންދަނީވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީކަމަށެވެ.

އެ މަނިކުފާނުގެ ހިތާބުގައި ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް