Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 19:48
ރ. މާކުރަތު
ރ. މާކުރަތު
ގޫގްލް މެޕްސް
ކަރަންޓު ކެނޑުން
24 ގަޑި އިރުގެ ތެރޭގައި އެކަށީގެންވާ ހައްލެއް ހޯދައި ދީ: މާކުރަތު ރައްޔިތުން
24 ގަޑި އިރުގެ ތެރޭގައި ހައްލު ނު ގެނެސްފި ނަމަ ފެނަކަ އޮފީސް ބަންދުކުރާނަން

ކަރަންޓު ކެނޑުމުގެ މައްސަލަޔަށް އެކަށީގެންވާ ހައްލެއް 24 ގަޑި އިރު ތެރޭގައި ނުގެނެސްފި ނަމަ، ރައްޔިތުން ނިކުމެ ފެނަކަ އޮފީސް ބަންދުކުރަން ނިންމާފައިވާ ކަމަށް ރ. މާކުރަތު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ އެރަށުން ކުއްލި ކުއްލިއަށް ކަރަންޓު ކެނޑޭ މައްސަލަ އަކީ ހައްލު ކުރެވިފައި ނުވާ ބޮޑު މައްސަލަ އެއް ކަމަށާއި، މިމައްސަލަ އަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވުމުން ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލު ކަމަށާއި، ނަމަވެސް ވަގުތީ މި ހައްލުގެ ސަބަބުން ރައްޔިތުންނަށް ލިބެނީ ބޮޑެތި ގެއްލުން ކަމަށެވެ. އެގޮތުން ރައްޔިތުން އެކި ފަހަރު މަތިން ޝަކުވާ ހުށަހެޅުމުން ވެސް ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެވެފައި ނުވުމުގެ ސަބަބުން ރައްޔިތުން ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު އިންޖީނުގެ ކައިރީގައި އަޑު އުފުލައި ނުރުހުން ފާޅުކޮށް 24 ގަޑި އިރުގެ ތެރޭގައި މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނުގެނެސްފިނަމަ ފެނަކަ އޮފީސް ބަންދު ކުރާނެކަމަށް ބުނެފައެވެ.

މާކުރަތު ރައްޔިތުން މުޒާހަރާ ކުރަނީ

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓުގެ މައްސަލަ އަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަ ވެސް އެ އިރު ފެނަކަ އިން އެއް ވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.

އައު މެނޭޖަރާއި އިންޖީނުގެ ހަވާލުކުރުމުން ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރަށް ދިމާވަމުން އަންނަ ކަމަށާއި އިންޖީނުގެ އަށް ގަސްތުގައި އޭނާ ގެއްލުން ދީފައިވާކަމަށް ގިނަ ބަޔަކު ތުހުމަތުކުރާކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އިންޖީނުގޭގައި ވަޒީފާ އަދާކުރާ އިސްފަރާތަކީ ސިޔާސީ ނުފޫޒުން ރައީސް ޔާމިންގެ ސަރުކާރުގައި ދިން މަގާމެއް ކަމަށާއި އޭނާ އަށް މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނު ކުރެވޭ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

ހަސަން ވިދާޅުވީ އެ ރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ޖުމްލަ ތިން ޖަނަރޭޓަރުން ކަމަށާއި، އެއީ 160 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި، 80 ކިލޯވޯޓުގެ ދެ ޖަނަރޭޓަރަކުން ކަމަށެވެ. ނަމަވެސް މިހާރު 160 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާކުރަތަކީ 1331 މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް