ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 11:11
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ
ފޮކްސް ނިއުސް
ވައިޓް ހައުސް
އަހަރު ނިމުމުން ޗީފް އޮފް ސްޓާފް މަގާމުން ވަކިވާނެކަމަށް ޓްރަމްޕް އިއުލާނުކުރައްވައިފި
ޗީފް އޮފް ސްޓާފަކަށް ދެން އައްޔަންކުރައްވާނެކަމަށް ބެލެވެނީ ނިކް އެއަރސް

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ މި އަހަރު ނިމުމުން މަގާމުން ދުރަށްވަޑައިގަންނަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް އިއުލާނުކުރައްވައިފިއެވެ.

ފިލަޑެލްފިއާގައި އަސްކަރިއްޔާއާއި ކަނޑުގެ ސިފައިން ބައްދަލުކުރި ފުޓްބޯޅަ މެޗެއް ބައްލަވާލެއްވުމަށް ހޮނިހިރުދުވަހު ވައިޓްހައުސްއިން ނުކުމުވެވަޑައިގަންނަވަމުން ރިޕޯޓަރުންނަށް ރައީސް ޓްރަމްޕް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ކެލީ ހުންނެވި މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރައްވަން އުއްމީދުކުރައްވާކަމަށެވެ.

"ޖޯން ކެލީ ވަޑައިގަންނަވާނެ- އަޅުގަނޑަކަށް ނޭގެ އެ މަނިކުފާނު ރިޓަޔަރކުރައްވަނީކަމެއް- އެކަމަކު އެ މަނިކުފާނަކީ ރަނގަޅު ބޭފުޅެއް" ރިޕޯޓަރުންނަށް ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ޖޯން ހުންނެވި މަގާމަށް އައްޔަން ކުރައްވާ ބޭފުޅެއް ދެ ދުވަހެއްގެތެރޭގައި އައްޔަންކުރެއްވޭނެކަމަށާއި ފަހަރުގައި އެއީ ވަގުތީގޮތުން އައްޔަންކުރެވޭ ބޭފުޅަކަށްވެސް ވެވަޑައިގެންފާނެކަމަށެވެ. ރައީސް ޓްރަމްޕް ވަނީ ކެލީގެ ޚިިދުމަތުގެ އަގުވަޒަންކުރައްވާކަމަށް ވިދާޅުވެފައެވެ.

ޗީފް އޮފް ސްޓާފްގެ މަގާމަށް ގެންނަވާނެކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ރައީސް ނައިބް ރައީސް މައިކް ޕެންސްގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި ނިކް އެއަރސް އެވެ.ވައިޓް ހައުސްގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސްގައި ބުނެފައިވަނީ އެ ދެބޭފުޅުން އެކަމާ މަޝްވަރާ ކުރައްވާތާ މަސްތަކެއް ވެފައިވާކަމަށެވެ.

އެތައްފަހަރެއްގެ މަތިން މަގާމުން ވެކިވެވަޑައިގަންނަވާނެކަމުގެ ވާހަކަ ވިދާޅުވެފައިވާ ކެލީ ވަނީ އޭނާގެ އެ މަގާމުގައި ހުންނަވާތާ އަހަރު ފުރޭ ދުވަސްކަމަށްވާ ޖުލައި 28 އާއި ހަމައަށް މަގާމުގައި ހުންނެވިއްޖެނަމަ ވަރަށް އުފާވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް