މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އަހަރަކު 1.35 މިލިއަނެއް ހާ މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ. އިން ބުނެފިއެވެ.
ހުކުރު ދުވަހު ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައި ވާގޮތުން، ކޮންމެ ސިކުންތެއްގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެ އެވެ. މިއަދަދާއި އެކު އަހަރެއްގެ މައްޗަށް 1.35 މިލިއަން މަރުވެފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި އަދަދު އިތުރު ވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
ޑަބްލިއުއެޗްއޯ އިން 2013 ވަނަ އަހަރު ނެރުނު ރިޕޯޓްގައިވާ ގޮތުގައި އެކްސިޑެންޓް ތަކުގައި މަރުވާ މީހުންގެ އަދަދަކީ 1.25 މިލިއަނެވެ. އެކްސިޑެންޓްތައް ދިމާވާ ސަބަބުތަކުގެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވުމާއި، މަސްތުވެގެން ހުރެ ދުއްވުމުގެ އިތުރުން މަގުމަތީގެ ގަވާއިދުތަކަށް އެކަށިގެންވާ ވަރަށް ބޯ ނުލެބުމުން ކަމަށް ރިޕޯޓްގައި ވެއެވެ. ސީޓް ބެލްޓް ނޭޅުމުގެ އިތުރުން ހެލްމެޓް ނާޅައި ސައިކަލް ދުއްވުމަކީ ވެސް އެކްސިޑެންޓް އިތުރުވެ، މީހުން މަރުވާ މިންވަރު އިތުރުވެފައިވާ ސަބަބެއް ކަމަށް ރިޕޯޓްގައިވެއެވެ.
ހަގަ ކޮށްފައިވާ ގޮތުގައި އެކްސިޑެންޓުތަކުގައި އެންމެ ގިނައިން މަރުވެފައި ވަނީ އުމުރުން ފަސް އަހަރާއި 29 އަހަރުގެ މީހުންނެވެ.
އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައިއެވެ.
ފަގީރު ގައުމުތަކުގައި މަގުމަތީ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު ތަރައްގީވެފައިވާ ގައުމުތަކަށް ވުރެ ތިންގުނަ އިތުރު ކަމަށް ރިޕޯޓްގައި ވެއެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެކްސިޑެންޓްތަކުގައި އެންމެ ގިނަ އިން މީހުން މަރުވަނީ އެފްރިކާ ބައްރުގެ ގައުމު ތަކުގައިއެވެ.
ރިޕޯޓް އިން ދައްކާ ގޮތުން އެކްސިޑެންޓްތަކުގައި ދެބައިކުޅަ އެއްބައި މީހުން މަރުވެފައި ވަނީ މަގުމަތީގައި ހިނގާފައި އުޅެނިކޮށެވެ. އަދި މީގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުތަކުގައި އެކްސިޑެންޓުވާ މީހުން ވެސް ގިނަކަމަށް ރިޕޯޓްގައިވެއެވެ.