ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 00:31
ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގެ ތެރެއިން
ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގެ ތެރެއިން
އޭއެފްޕީ/ގެޓީ
ޕާކިސްތާނުގެ އިދިކޮޅު ލީޑަރު
ޕާކިސްތާނުގައި އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލުންތަކެއް ހިނގައިފި
ޝަރީފް ހުންނެވީ އޮކްޓޫބަރު މަހުން ފެށިގެން ޕާކިސްތާނުގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ބެލުމުގެ ދަށުގައި

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝަހްބާޒް ޝަރީފް ކޯޓަށް ހާޒިރުކުރުމާއި ގުޅިގެން ކުރި މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލުންތަކެއް ހިނގައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެއްޖެއެވެ.

މި ކުރިމަތިލުންތައް ހިނގާފައިވަނީ ޝަރީފް ހާޒިރުކުރި ކޯޓު ކައިރިއަށް ދާން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން އުޅުމުން، އެ މީހުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުމުންނެވެ. ޝަރީފް ކޯޓަށް ހާޒިރު ކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކާއި ގުޅިގެންނެވެ.

ޝަރީފްގެ ޕާޓީ ކަމުގައިވާ ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ފަރާތުން ވާހަކަދެއްކެވި މަރިޔަމް އައުރަންގްޒެބް ވިދާޅުވެފައިވަނީ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގައިގައި މުގުރުން ތަޅަން ފެށީ ސުލްހަވެރި ކަމާއިއެކު މުޒާހަރާ ކުރިޔަށް ގެންދަނިކޮށް ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ ބާރުގެ ބޭނުންކުރަން ޖެހުނީ މުޒާހަރާގެ ބައިވެރިން ކޯޓު ސަރަހައްދަށް ވަދެގަންނަން އުޅުމުން ކަމަށެވެ.

ޝަރީފް ހުންނެވީ އޮކްޓޫބަރު މަހުން ފެށިގެން ޕާކިސްތާނުގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ބެލުމުގެ ދަށުގައި، ބަންދުގައެވެ. ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ މަސްލަހަތު އޮތް ކުންފުންޏަކަށް ނުފޫޒުގެ ބޭނުން ކޮށްގެން ކޮންޓްރެކްޓްތަކެއް ހޯދަން އުޅުނު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް