ކ. މާލެ
|
5 ޑިސެންބަރ 2018 | ބުދަ 14:02
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2018
ޓޫރިޒަމް ޤާނޫނަށް ބޮޗޭ ހުށަހެޅުއްވި އިސްލާހު ބާތިލުކޮށްފި
އިސްލާހަށް އަމަލު ކުރަން ފެންނަ ކަމަށް ވޯޓު ދިނީ 22 މެމްބަރުން
ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 41 މެމްބަރުން

ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި އިސްލާހަށް އަމަލު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ޖުމުލަ 22 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 41 މެމްބަރުންނެވެ. 

ރިފާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތަކާއި، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާން ކޮށްގެން، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ މަތިން ކަމަށެވެ. އަދި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށް ވެސް މި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު މި އިސްލާހު ހުށައަޅުއްވާފައިވާއިރު، ޓޫރިޒަމްގެ ބޭނުމަށް ބިޑް ކުރުމެއް ނެތި ފަޅުތަކާއި ރަށްތަކާއި ބިން ދޫކުރުން މަޑުޖައްސާލަން ސަރުކާރުން 28 ނޮވެމްބަރުގައި ވަނީ ނިންމަވާފައެެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް