ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 00:21
ޖޯޖިއާގެ މަގުތަކުގައި މީހުން މުޒާހަރާ ކުރަނީ
ޖޯޖިއާގެ މަގުތަކުގައި މީހުން މުޒާހަރާ ކުރަނީ
ރޮއިޓަރސް
ޖޯޖިއާ
ޖޯޖިއާގެ އިންތިހާބު ގަބޫލް ނުކޮށް އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް!
އިންތިހާބު ބާތިލްކުރަން ކޯޓަށް ދާނެ ކަމުކެ އިންޒާރު ވަނީ ދީފައި

ޖޯޖިއާގައި ރައީސަކު ހޮވަން ބޭއްވި އިންތިހާބުގައި އިދިކޮޅު ކޯލިޝަން ބަލިވުމާއި ގުޅިގެން އެޕާޓީއަށް ތާއިދުކުރާ މީހުން މުޒާހަރާކުރަން ފަށައިފިއެވެ.

ވެރިރަށް ތިބިލިސީގެ މަގުތަކަށް އާދިއްތަ ދުވަހު 25،000 ހާ މީހުން ވަނީ އެއްވެފައިއެވެ. އެއްވި މީހުން ބުނަމުންދަނީ އިންތިހާބުގެ ވޯޓް ސަރުކާރުން އޮޅުވާލާފައިވާ ކަމަށެވެ. އިންތިހާބުން ބަލިވެވަޑައިގަތް އިދިކޮޅު ކޯލިޝަންގެ ލީޑަރު ގްރިގޯލް ވަޝަދްސް ޕާޓީގެ ސަޕޯޓަރުން މުހާތަބު ކުރައްވަމުން ވިދާޅުވީ އިންތިހާބަކީ އެންމެ ސައްހަކޮށް ބޭއްވުނު އިންތިހާބެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާވަނީ ވީ އެންމެ އަވަހަކަށް ގާނޫނު ހަދާ މަޖިލީހުގެ  އިންތިހާބު ބާއްވަން ސަރުކާރަށް ގޮވާލާފައިއެވެ. ވަޝްދަސް ވަނީ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށައަޅާނެ ކަމުގެ އިންޒާރު ސަރުކާރަށް ދެއްވާފައި އެވެ.

ޖޯޖިޔާގައި ރައީސަކު ހޯވުމަށް ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޖޯޖިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ސަލޯމެ ޒުރަބިޝްވިލް އަށް ލިބިފައިވަނީ 59.5 އިންސައްތައެވެ. އިދިކޮޅު ކޯލިޝަން އިން ވާދަކުރި ވަޝަދްސް އަށް ލިބިފައިވަނީ 40.5 އިންސައްތައެވެ. މި ނަތީއްޖާއި އެކު ޒުރަބިޝްވިލް ވެގެންދާނީ އެގައުމުގެ ވެރިކަމާއި ހަވާލުވާނެ ފުރަތަމަ އަންހެން ރައިސާއަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމް އޮންނަ ޖޯޖިއާގައި ރައިސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ.

ޖޯޖިއާގެ އިންތިހާބުގައ ބައިވެރިވި މަންދޫބުން ބުނާ ގޮތުގައި އެ ގައުމުގައި ބޭއްވުނު އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބެއް ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީން އިންތިހާބުގެ ދުވަސްވަރު ނަހަމަ ގޮތުގައި ސަރުކާރުގެ ވަސީލަތް ބޭނުންކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް