ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 14:04
ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން
ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން
އަލްޖަޒީރާ
އުތުރު ކޮރެއާ - ދެކުނު ކޮރެއާ
ކިމް ޖޮންގެ ހުށައެޅުންތައް ގަބޫލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި: މޫން
ޓްރަމްޕް އާއި ކިމްގެ ދެވަނަ ބައްދަލުވުމެއް އަންނަ ޖެނުއަރީގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުންގެ ހުށައެޅުންތައް ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން ވިދާޅުވެއްޖެއެވެ.

ކިމް އަކީ ޓްރަމްޕް ވަރަށް "ގަޔާވާ" މީހެއް ކަމަށާއި ވެވިފައިވާ އެއްބަސްވުން އޭގައި އޮތް ގޮތަށް ތަންފީޒު ކޮށްދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް މޫން ވަނީ ހާމަކުރައްވާފައެވެ.

ޓްރަމްޕްގެ މި މެސެޖު ކިމްއަށް ރައްދު ކޮށްދިނުމަށް މޫންގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް މޫންވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ކިމްއާއި އެކު ދެވަނަ ބައްދަލުވުމެއް އަންނަ އަހަރުގެ ޖެނުއަރީ ނޫނީ ފެބްރުއަރީ މަހު ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.

މި އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި އެމެރިކާގެ ރައީސް ޓްރަމްޕްއާއި އެކު ބޭއްވެވި ތާރީޙީ ބައްދަލުވުމުގައި އުތުރު ކޮރެއާއިން ވަނީ އެ ގައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ބަހައްޓަން އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް މި ކަން ހާސިލްކުރުމަށް އެދެވިގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވަނީ އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލާފައިނުވާތީ ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކަމަށް ކިމް ޖޮން އުން ވަޑައިގެންނެވި ފަހުން ވަނީ ދެކުނު ކޮރެއާއާއި އެކީ ގުޅުން ގާއިމްކޮށް ދެ ކޮރެއާ އެކުގައި ކުރިއަށް ދާން މަސައްކަތްތަކެއް ކުރައްވަން ފަށާފައެވެ.

މި މަސައްކަތަށް އިޖާބަދީ ދެކުނު ކޮރެއާއިން ވެސް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެއްބާރުލުން ދެއްވާފައެވެ. މި ގޮތުގެ މަތީން އުތުރު ކޮރެއާގެ ލީޑަރަކު ދެކުނު ކޮރެއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތައްޔާރީތައް ކުރިއަށް އެބަދެއެވެ.

- ކޮމެންޓް