ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:39
ހޯމް މިނިސްޓަރ އާއެކު ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ގއ. ވިލިނގިލީގައި
ހޯމް މިނިސްޓަރ އާއެކު ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ގއ. ވިލިނގިލީގައި
މޯލްޑިވްސް ޕޮލިސް ސާރވިސް
ގއ. ވިލިނގިލި
ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ އެކޮމޮޑޭޝަން ބޮލްކްއަށް ހޯމް މިނިސްޓަރ ޒިޔާރަތް ކުރައްވައިފި
އަލިފާނުގެ ހާދިސާއާއި ގުޅިގެން އަނިޔާވި ފުލުހުންނާއި ބައްދަލު ކުރައްވާފައިވޭ
މިދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ބައިވެރިވި
އަންހެނުންގެ ކޮމިޓީއާ ވެސް މި ދަތުރުފުޅުގައި ބައްދަލުކުރެއްވި

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަނިޔާވި ފުލުހުންނާއި ބައްދަލު ކުރެއްވުމަށްފަހު، ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ އެހާދިސާ ހިނގާފައިވާ އެކޮމޮޑޭޝަން ބްލޮކްއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ހޯމް މިނިސްޓަރ އާއެކު ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އާދިއްތަ ދުވަހުގެ ރޭ ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެހަދިސާގައި ލިބުނު ގެއްލުންތައް ހޯމް މިނިސްޓަރއާއި ކޮމިޝަނަރ އޮފް ޕޮލިސް ދުރުވެ ބައްލަވާފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ބައްދަލު ކުރެއްވުމަށްފަހު، ފުލުހުންނަށް ވަގުތީ ގޮތުން ބޭނުންވާ ބައެއް ތަކެތި ހަވާލު ކޮށްދެއްވާފައިވާ ކަމަށްވެސް މި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރއާއި ކޮމިޝަނަރ ވަނީ ގއ.ވިލިނގިލީ އެކޮމޮޑޭޝަން ބްލޮކްގެ އިމާރާތަކީ އެރަށު އަންހެނުންގެ ކޮމިޓީގެ އިމާރާތެއް ކަމަށް ވުމާއެކު، އެ ކޮމިޓީއާވެސް މި ދަތުރުފުޅުގައި ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް