އީރާނުން އަމިއްލައަށް އުފެއްދި ހަނގުރާމަމަތީ މަނަވަރެއް އެ ގައުމުން ދައްކާލައިފިއެވެ. އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަގުތުން ދެއްކި ރަސްމިއްޔާތެއްގައި ހޮނިހިރު ދުވަހު ދައްކާލި މި މަނަވަރަކީ ބޯޓަށް ބޭނުންވާ ތެލާއި ކާގޯއާއެކު ފުރުމަށްފަހު ފަސް މަސްދުވަސްވަންދެން ތެލާއި ކޮށްތު އަލުން އެރުވުމެއްނެތި ދަދުރުކޮށްލެވިދާނެ އުޅަނދެކެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި މި އުޅަނދަކީ ރާޑަރަށްނާރާ ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.
ސަހާންދުގެ ނަން ދީފައިވާ މި އުޅަނދު މިހާރުވަނީ ގަލްފުގެ ބަންދަރް އައްބާސްގައި އޮންނަ އިރާންގެ އަސްކަރީ ބޭސްއާ ގުޅިފައެވެ.
ސަހާންދުގައި ހެލިކޮޕްޓަރ ޖައްސާނެ ފްލައިޓް ޑެކަކާއި، ޓޯޕެޑޯ ފޮނުވާލެވޭނެ ނިޒާމާއި،އަދި މަތިންދާ ބޯޓާއި މަނަވަރުތަކަށް ހަމަލާދެވޭނެ ނިޒާމާއި އެއް އުޅަނދުން އަނެއް އުޅަނދަށް އަދި އުޅަނދުން ވައިގެ ތެރެއަށް މިސައިލް ފޮނުވާލެވޭނެ ނިޒާމާއި އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުންކޮށްގެން ހަނގުރާމަތީ ހަތިޔާރު އޮޕަރޭޓް ކުރުމުގެ ގާބިލްކަން ހުންނާނެކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.
އީރާނުން އެގައުމުގެ އަމިއްލަ މަނަވަރެއް ދައްކާލާފައިމިވަނީ އެމެރިކާއިން އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައިވަނިކޮށެވެ.
އީރާނާއެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން މެއި މަހުގެ ތެރޭގައި ވަކިވެ ވަޑައިގެން އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޯގަސްޓް މަހުގެ ކުރީކޮޅުވަނީ އިޔާދަކުރައްވާފައެވެ.
އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާފައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ އިތުރުން ޖަރުމަނާއި ވިލާތުގެ އިއްތިހާދާ އެކު 2015ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އޭގެ ބަދަލުގައި އީރާނުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެއްބަސްވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމަކުން އީރާނުގެ ނުރައްކާތެރިކަން އެކަށީގެންވާ ވަރަށް ކުޑަނުކުރެވޭ ކަމަށެވެ.