ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 09:30
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް
ޑެއިލީ މެއިލް
ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އަވަހާރަވެއްޖެ
ބުޝް އަވަހާރަވީ 94 އަހަރުފުޅުގައި

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް 94 އަހަރުފުޅުގައި އަވަހާރަވެއްޖެކަމަށް އެ މަނިކުފާނުގެ ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް އިއުލާނުކުރައްވައިފިއެވެ.

އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މަނިކުފާނު އަވަހާރަވީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ތެރެއިން 1964 ގައި ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންނެވުމުގެ ކުރިން ބުޝްވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިންގެ ޕައިލެޓެއްގެ ގޮތުގައި އުޅުއްވާފައެވެ. އޭގެ އިތުރުން ބުޝްއަކީ ޓެކްސަސްގެ ތެލުގެ ވިޔަފާރީގެ މަހުޖަނެކެވެ.

އެމެރިކާގެ 41 ވަނަ ރައީސްގެ ގޮތުގައި 1989 ން 1993 އަށް ޚިދުމަތްކުރެއްވި ޖޯޖް އެޗްޑަބްލިއު ބުޝް ތުރުތުރު އަޅާ ބަލި ތަހައްމަލް ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއްވެ އެމަނިކުފާނު މި ފަހުން އުޅުއްވީ ފުރޮޅުލީ ގޮނޑީގައެވެ.

ބުޝްގެ އަނބިކަނބަލުން އަދި ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ ކެމްޕެއިން ހިންގެވި ބާބަރާ ބުޝްވަނީ އުމުރުފުޅުން 92 އަހަރުފުޅުގައި މި އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު އަވަހާރަވެފައެވެ.

އެކަމަނާ އަވަހާރަވި ފަހުން ބުޝްވަނީ އާލާސްކަންފުޅު ބޮޑުވެ ދޭތެރެ ދޭތެރެ އިން ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ.

ރައީސް ބުޝް އާއި ބާބަރާގެ ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް ވަނީ އެމެރިކާގެ 43 ވަނަ ރައީސްގެ ގޮތުގައި 2000 ވަނަ އަހަރު ހޮވިވަޑައިގެން ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް