ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 21:27
ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ
ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ
ގޫގުލް
ލަންކާގެ ސިޔާސީ މަސްރަހު
މި ވަގުތު ލަންކާގައި ސަރުކާރެއް ނެތްކަން ޔަގީންކޮށްދީފިން: ރަނިލް ވިކްރަމަސިންހަ
މަޖިލީހުގެ ރައީސް ވެސް މިހާރު އޮތް ސަރުކާރު ގަބޫލު ނުކުރާކަމަށް ވަނީ ވިދާޅުވެފަ
އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަގާމުން ދުރުކުރި ކަން އެނގުނީ އެކަން އިއުލާން ކުރުމުން: ރަނިލް

ކުރިން އެންގުމަކާއި ނުލައި ބޮޑު ވަޒީރު ކަމަށް އައްޔަނު ކުރި މަހިންދަ ރާޖަޕަކްސަގެ ސަރުކާރަކީ ސައްހަ ނޫން ސަރުކާރެއް ކަން ޔަގީންކޮށް ދެވިފައިވާ ކަމަށް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއަޖެއެވެ.

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ ރަނިލްގެ ޕާޓީގެ (ޔޫ.އެން.ޕީ.) މެމްބަރުންނާއި އެކު ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ "ޓެމްޕަލް ޓްރީސް" ގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ މަޖިލީހުގެ ރައީސް ވެސް މިހާރު އޮތް ސަރުކާރު ގަބޫލު ނުކުރާކަމަށެވެ. އަދި ސިރިސޭނާ އާއި ރާޖަޕަކްސަގެ ސަޕޯޓަރުން ޖެހިގެން އައި ދުވަހު މަޖިލިސް ތެރޭގައި އަމަލު ކުރި ގޮތުން މުޅި ދުނިޔެ އަށް އެ މީހުން މިހާރު ވަނީ ބޭޒާރުވެފައި ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

"އެ މީހުންނަށް (ސިރިސޭނާ އާއި ރާޖަޕަކްސައަށް ތާއިދު ކުރާ މެމްބަރުން) ލޯކަލް އިންތިހާބުގައި ވޯޓު ދިން މީހުން ވެސް ބުނަމުން ދަނީ ދެން އެމީހުންނަށް ވޯޓު ނު ދޭނަމޭ. އެމީހުންގެ އަހުލާގު ހުރި ގޮތާއި ދޭތެރޭ ތިމަންނާ މެން މި ތިބީ ލަދުގަނެފައޭ" ރަނިލް ވިދާޅުވިއެވެ.

ރަނިލް އިތުރަށް ވިދާޅުވެފައި ވަނީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަގާމުން ދުރުކުރި ކަން ވެސް އެނގުނީ އެކަން އިއުލާން ކުރުމުން ކަމަށާއި ނަމަވެސް އޭރު ވެސް އޭނާ މަގާމުން ވަކިކުރި ކަމެއް އެ ބޭފުޅާއަށް ނާންގާ ކަމަށެވެ. ޑިމޮކްރަސީ ސަލާމަތް ކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ އޭނާ އަށް ތާއިދު ކުރާ ރައްޔިތުން ކަމަށް ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ވޯޓު ދިނީ ބަރުލަމާނީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މެންޑޭޓް ތަންފީޒު ކުރަން ކަމަށް ވެސް ރަނިލް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ މެންޑޭޓް އަނެއް ފުށަށް ޖެހުމަށް ފަހު ރައީސް ގެ ވެރިކަން މިދަނީ ހުދުމުހުތާރުކަމާއި ދިމާލަށް ކަމަށް ބުނެ އެ ބޭފުޅާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރުގެ މަސައްކަތަކީ ސަރުކާރު އަލުން އެކުލަވާލައި ރައްޔިތުން ހަވާލުކުރި މަސައްކަތާއި ގެން ކުރިޔަށް ދިޔުން ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އިދިކޮޅުގައި ތިބި މީހުންނަށް ފާޑު ވިދާޅުވަމުން ރަނިލް ވަނީ މަޖިލީހުގެ އަޣްލަބިއްޔަތެއް އޮތިއްޔާ އެކަން ދައްކާލަން އެ ބޭފުޅުންނަށް ގޮންޖައްސަވާފައެވެ.

މަހިންދަ ރާޖަޕަކްސަ ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތް ކަމަށް ފާސްކުރުމުން ވެސް ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. ލަންކާގެ ސިޔާސީ މަޝްރަހުގައި އުފެދިގެން މި އުޅޭ ހަލަބޮލިކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.ް

- ކޮމެންޓް