ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 22:45
އަސްކަރީ ތަމްރީންތަކެއްގައި ޗައިނާ ސިފައިން ހަރަކާތްތެރިވަނީ
އަސްކަރީ ތަމްރީންތަކެއްގައި ޗައިނާ ސިފައިން ހަރަކާތްތެރިވަނީ
ރޮއިޓަރސް
އިންޑިއާ - ޗައިނާ
އިންޑިއާގެ ސިފައިންނާ ޗައިނާގެ ސިފައިން މަސައްކަތްކުރަން ޖެހެނީ އެކަތިގަޑަކަށް ވެގެން: ޗައިނާގެ ޑިފެންސް މިނިސްޓަރީ
ދެ ގައުމުގެ ސިފައިން ގުޅިގެން ތަމްރީނުތަކެއް ބާއްވަން ވަނީ ހަމަޖެހިފައި
ބޮޑު ވަޒީރު މޯދި ޗައިނާގެ ރައީސްއާއި، ޖީ 20 ސަމިޓްގައި ބައްދަލުކުރައްވާނެ

އިންޑިއާ އާއި ޗައިނާގެ ސިފައިން މަސައްކަތް ކުރަން ޖެހޭނީ އެކަތިގަޑަކަށް ވެގެން ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޗައިނާގެ ޑިފެންސް މިނިސްޓްރިއިން ބުނީ ދެ ގައުމުގެ ސިފައިން ގުޅިގެން ތަމްރީނުތަކެއް ޑިސެމްބަރު މަހު ފަށާނެ ކަމަށާއި މި ތަމްރީނު ތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ފައިދާ ލިބިގެންދާކަމަށެވެ. 

"ހޭންޑް އިން ހޭންޑް"ގެ ނަމުގައި ދެގައުމުގެ ސިފައިންގެ ގުޅިގެން ހިންގަން ތަމްރީނުތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހު 10 އަކުން 23 އަށް ޗައިނާގެ ޗެންގްދޫ ސިޓީގައި ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ސްޕޯކްސް ޕާރސަން ކާނަލް ރެން ގުއޯގިއަންގް ހަވާލާދީ ރިޕޯޓްތައް ބުނޭއެވެ. މި ތަމްރީނުތަކުގައި ބޮޑު އަހައްމީޔަތު ތަކެއް ދޭނީ ކައުންޓާ ޓެރަރިޒަމް އަށް ކަމަށް ރެންވަނީ ވިދާޅުވެފައިވެއެވެ. ސާދާ ދުވަހަށް ކުރިޔަށްދާ ހަރާކާތުގައި އިންޑިއާގެ އިތުރުން ޗައިނާގެ 100 ސިފައިން ބައިވެރިވާނެއެވެ.

މިފަދަ ތަމްރީނުތަކެއް ދެ ގައުމުގެ ދެމުދު ބާއްވަން ހަމަޖެހިފައިމިވަނީ 2017 ވަނަ އަހަރު އިންޑިއާއި ޗައިނާއާ ދެމެދު އޮންނަ ބޯޑަރު ދެމެދު ދެ ގައުމުގެ ސިފައިންގެ ދެމެދު ހިންގި ކޯޅުންގަނޑަށް ފަހު ފުރަތަމަ ފަހަރަށެވެ.

އެ ހާދިސާ އަށް ފަހު ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނިކޮށް ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި އަހަރު އެޕްރީލް މަހުގެ ޗައިނާގައި ބޭއްވި ނުރަސްމީ ސަމިޓެއްގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގް އާއި ބައްދަލު ކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނޭއެވެ. ބޮޑުވަޒީރު މޯދީ މިހާރު  ޖީ 20 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އާޖެންޓީނާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޒީ ޖިންޕިންގްއާއި ބައްދަލު ކުރައްވާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްތައް ބުނޭއެވެ. ހުކުރުދުވަހު ފެށި ޖީ 20 ސަމިޓްގައި ބޮޑުވަޒީރު މޯދީ ދަނީ ގައުމުތަކުގެ ގިނަ ލީޑަރުންތަކަކާއި އެކު ބައްދަލަވުން ބާއްވަމުންނެވެ .

ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތް ފަހުން މޯދީ ގެންދަވަނީ ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށްޓަކައި ގިނަ ދަތުރުފުޅުތަކެއް އެމަނިކުފާނު ދަނީ ކުރައްވަމުންނެވެ. ދާދި ފަހު މޯދީ ވަނީ ރައްޖޭގެ ރައސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ހުވާކުރެއްވި ރަސްމީއްޔާތަށް ވެސް ވަޑައިގެންފައިއެވެ.

- ކޮމެންޓް