ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 21:47
ެއެމޭޒަން ޖަންގަލި
ެއެމޭޒަން ޖަންގަލި
ބީބީސީ
ކްލައިމެޓް ކޮންފަރެންސް 2019
ކްލައިމެޓް ކޮންފަރެންސް ބޭއްވުމުގެ ހުށައެޅުން ބްރެޒިލްއިން އަނބުރާ ގެންގޮސްފި
އިންތިހާބީ ރައީސް ވަނީ މޫސުމާ ބެހޭ ޕެރިސް މުއާހަދާއިން ވަކިވާނެ ކަމުގެ އިންޒާރު ދީފައި

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ކްލައިމެޓް ކޮންފަރެންސް ބްރެޒިލްގައި ބާއްވަން ހުށައެޅި ހުށައެޅުން އެ ގައުމުން އަނބުރާ ގެންގޮސްފިއެވެ.

ބްރެޒިލްގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ވަގުތު އެ ގައުމަށް ދިމާވެފައިވާ މާލީ ދަތި ކަމުގެ އިތުރުން އެ ގައުމުގެ ސަރުކާރު ބަދަލުވުމުގެ މަރުހަލާ ވެސް ކުރިއަށް ދިއުމާއި ގުޅިގެން، ކޮންފަރެންސް ބާއްވަން ހުށައެޅި ހުށައެޅުން އަނބުރާ ގެންދަން މަޖުބޫރުވެފައިވާ ކަމަށެވެ.

ބްރެޒިލްގެ ހުށައެޅުން ގެންގޮސްފައި މިވަނީ މި އަހަރު ޕޮލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ކޮންފަރެންސް (ކޮޕް24) ފެށެން މަދު ދުވަސް ކޮޅަކަށް ވެފައި ވަނިކޮށެވެ.

ޖެނުއަރީ މަހުގެ އެކެއްގައި ހުވާ ކުރުމަށް ހަމަޖެހިފައިވާ ބްރެޒިލްގެ އިންތިހާބީ ރައީސް، ޖައިރް ބޮލްސޮނާރޯ ވަނީ މޫސުމާއި ބެހޭ ޕެރިސް މުއާހަދާ އިން ވަކިވާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި ބްރެޒިލްގެ ތިމާވެއްޓަށް އިއާދަ ނު ކުރެވޭނެ ވަރުގެ ގެއްލުން ދިންކަމުގެ ތުހުމަތު ކުރެވޭ ސިނާއީ ދަނޑުވެރިކަމުގެ ދާއިރާ އަށް ހުރި ހުރަސްތައް ނައްތާލަން ވެސް އެބޭފުޅާ ވަނީ ވައުދުވެ ވަޑައިގެންފައެވެ.

މި ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ މިއީ އިންތިހާބީ ރައީސްގެ ވިސްނުންފުޅާއި އެއްގޮތަށް މިހާރުގެ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ބްރެޒިލްގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުން ބުނަމުން ދަނީ އަންނަން އޮތް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރީ ދެމެހެއްޓެނިވި ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކަށް ގޮންޖަހާ އުސޫލަށް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމުގައިވާ އެމޭޒަން ޖަންގަލީގެ 60 ޕަސެންޓު އޮންނަނީ ބްރެޒިލްގެ އިމުގެ ތެރޭގައި އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެމޭޒަން ޖަންގައްޔަކީ ދުނިޔެ ހޫނުވުމާއި ދެކޮޅަށް ބޭނުންކުރަން އިންސާނުންނަށް ލިބިފައިވާ އެންމެ ރަނގަޅު ވަސީލަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް