ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 00:26
ޕްލާންޓް ބޭރުގައި އަދާފައިވާ އުޅަނދު ފަހަރުތަކެއް
ޕްލާންޓް ބޭރުގައި އަދާފައިވާ އުޅަނދު ފަހަރުތަކެއް
އީޕީއޭ
ޗައިނާ
ޗައިނާގައި ހިނގި ގޮވުމުގެ ހާދިސާގައި 22 މަރު!
ހާދިސާ ހިނގާފައިވަނީ ކެމިކަލް ޕްލަންޓުގެ ބޭރުގައި

ޗައިނާގެ ޒަންޖިއައުކޫ ގައި ހުންނަ ޝެންގްހުއާ ކެމިކަލް އިންޑަސްޓްރީ ކެމިކަލް ޕްލާންޓެއްގެ ބޭރުގައި ހިނގި ގޮވުމުގެ ހާދިސާއެއް ގައި 22 މީހަކު މަރުވެ އިތުރު 22 މީހަކު ޒަހަމްވެއްޖެއެވެ. މި ހާދިސާގައި އެސަރަހައްދު ތަކުގައި އެވަގުތު އޮތް 38 އުޅަނދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިއެވެ.

ކެމިކަލް އިންޑަސްޓްރީގައި މަސައްކަތް ކުރާ އިސް އޮފިޝަލަކާއި ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ކެމިކަލް ޕްލާންޓްގެ ކައިރި ކެމިކަލް ބަރުކުރުމަށް އޮތް އުޅަދު ފަހަރެއްގައި އަލިފާން ހިފާ ގޮވުމުގެ ސަބަބުން ކަމަށެވެ. މި ގޮވުމުގެ ސަބަބުން އެސަރަހައްދުތަކުގައި ތިބި އެހެނިހެން އުޅަނދު ފަހަރުތަކުގައި އަލިފާން ހިފާ އެސަރަހައްދަށް އަލިފާން ފެތުރިފައިވާ ކަމަށް އޮފިޝަލް ވަނީ ބުނެފައިއެވެ.

ނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހާމަކޮށްފައި ނުވާއިރު ހާދިސާ ތަހްގީގު ކުރަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައިއެވެ.

ޒަންޖިއައުކޫ ގައި ގޮވުން ގޮވާފައިވާ އިރު 2022 ވަނަ އަހަރުގެ ވިންޓަ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައިވަނީ ވަނީ ވެސް މި ސިޓީގައިއެވެ.  

ކެމިކަލް ޕްލާންޓެއްގައި 2015 ވަނަ އަހަރު ހިނގި ގޮވުމުގެ ހާދިސާއެއްގައި 173 މީހުން ވަނީ މަރުވެފައި އެވެ. ޗައިނާގެ ކެމިކަލް އިންޑަސްޓްރީތަކުގެ ރައްކާތެރިކަމާއި މެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް