ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 08:19
ކެންސަރު ސެލްއެއްގެ ކުރެހުމެއް
ކެންސަރު ސެލްއެއްގެ ކުރެހުމެއް
ގްރެފިކް އޮންލައިން
ކެންސަރުގެ ފަރުވާ
ކެންސަރަށް ފަރުވާއެކޭ ބުނެ އޮޅުވާލައިގެން ބޭސް ވިއްކި މީހަކު ޖަލަށް
ބޭސް ވިއްކައިގެން ވަނީ މިލިއަނުން ފައިދާވެފައި
ކެންސަރު، އެއިޑްސް އަދި އޯޓިޒަމްގެ ފަރުވާއެއް ކަމަށް އިޝްތިހާރު ކޮށްގެން ވަނީ ބޭސް ވިއްކާފައި

ކެންސަރު ބައްޔަށް ފަރުވާއެއް ކަމަށް ބުނެ މީހުންނަށް އޮޅުވާލައިގެން ބޭސް ވިއްކި އިނގިރޭސިވިލާތުގެ ކުންފުއްޏެއްގެ ވެރިޔެއް 15 މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޑޭވިޑް ނޯކްސް ކިޔާ މި މީހާއަށް ހުކުމްކުރީ "ޖީސީއެމްއޭއެފް" ނަމުގައި ބޭހެއް އޭނާގެ ކުންފުނި، އިމިއުނޯ ބަޔޯޓެކްއިން ވިއްކާފައި ހުރިކަމަށް އޭނާގެ މައްޗަށް ސާބިތުވެގެންނެވެ. މި ބޭސް ވިއްކައިގެން އޭނާއަށް މިލިއަނުން ފައިދާ ވެފައިވާކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ. 

ނޯކްސް މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި، ހުއްދަ ނެތް ބޭހެއް އުފައްދުމާއި، އެ ބޭސް ސަޕްލައިކޮށް ވިޔަފާރި ކުރި ކަމުގެ ދައުވާގެ އިތުރަށް މަނީ ލޯންޑްރީގެ ދައުވާއެއް ވެސް ހިމެނެއެވެ.

ކޯޓުގައި ވާހަކަ ދައްކަމުން ނޯކްސް ވަނީ އޭނާ މައްޗަށް އުފުލާފައިވާ ހުރިހާ ދަޢުވާއަކަށް އިއުތިރާފުވެފައެވެ. އޭނަ ވަނީ 10،000 މީހުންނާ ގާތް ކުރާ އަދަދަކަށް މީހުންނަށް އެ ކުނފުނީގެ ވެބްސައިޓްގެ ޒަރިއްޔާއިން ބޭސް ވިއްކި ކަން ހާމަކޮށްފައެވެ. ނަމަވެސް އޭނަ ބުނެފައި ވަނީ ފަހުން އޭނާ އެ ބޭސް ވިއްކީ ކެންސަރަށް ފަރުވާއެއް ކަމަށް ބުނާ ބުނުން ނުހިމަނައެވެ. ބޭސް ފުރަތަމަ ވިއްކި އިރު އެއީ ކެންސަރު، އެއިޑްސް އަދި އޯޓިޒަމްގެ ފަރުވާއެއް ކަމަށް އިޝްތިހާރު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް