ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 08:11
ސައުދީ ވަލީއަހުދުއާއި ދެކޮޅަށް މުޒާހަރާކުރަނީ
ސައުދީ ވަލީއަހުދުއާއި ދެކޮޅަށް މުޒާހަރާކުރަނީ
ސީބީއެސަް
ސައުދީ ވަލީ އަހުދު
ވަލީ އަހްދު މުހައްމަދުއާ ދެކޮޅަށް ޓިއުނީޝިއާގައި މުޒާހަރާ ކުރަނީ
ގާތިލުންނަށް ޓިއުނީޝިއާއިން ފުރުސަތެއް ނުދޭނަން

ސައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ޓިއުނީޝިއާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއި ދިމާކޮށް މުޒާހަރާ ކުރަން ފަށައިފި އެވެ.

ހާހެއްހާ މީހުން ޓިއުނީޝިއާގެ މަގުތަކަށް ނިކުމެ ގޮވަމުންދަނީ ހަޝޯގީގެ ގާތިލަކީ ވަލީ އަހްދު މުހައްމަދު ކަމަށާއި ގާތިލުންނަށް އެ ގައުމަކުން ފުރުސަތެއް ނެތްކަމަށެވެ. ވަލީ އަހްދުގެ ދަތުރަށް ހުއްދަ ދިނީތިވެ ސަރުކާރަށް ވެސް ވަނީ ފާޑުކިޔާފައެވެ. ނޫސްވެރިންގެ އިތުރުން އެކްޓިވިސްޓުން ވެސް ބައިވެރިވި މި މުޒާހަރާގައި، ވަލީ އަހްދު މުހައްމަދާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބެނާތަކާއި ފޮޓޯތައް ބޭނުންކޮށްފައިވެ އެވެ. އަދި ވަލީ އަހްދު މުހައްމަދު ކީހެއް ހިފައިގެން ހުންނަ ފޮޓޯއެއް މުޒާހަރާގައި ބޭނުންކުރި އެވެ.

ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީ އިން އެކަމަށް އެއްބަސްވެފައި ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ވޮޝިންގޓަން ޕޯސްޓްގައި ސައުދީގެ ޝާހީ އާއިލާ އާއި ވެރިކަމަށް ފާޑުކިޔައި ލިއުންތައް ޝާއިއު ކުރަމުން ގެންދާ ޚަޝޯގީ މަރާލާފައިވާ ކަމަށް ސައުދީން އެއްބަސްވި ނަމަވެސް އެ މައްސަލައިގައި އެ ގައުމުގެ ވަލީ އަހްމަދު މުހައްމަދު ބިން ސަލްމާންގެ އަތެއް ނުވާ ކަމަށް ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް