ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 07:34
ބަންގްލަދޭޝްގެ ފުލުހުން ފޯރިމަރަނީ
ބަންގްލަދޭޝްގެ ފުލުހުން ފޯރިމަރަނީ
ޑޯން
ބަންގްލަދޭޝް
ޑާކާގެ ރެސްޓޯރެންޓަކަށް 2016 ވަނަ އަހަރު ދިން ހަމަލާގެ ޝަރީޔަތް ފަށައިފި
ދައުވާލިބޭ މީހުން ވަނީ އެކަމާ ދެކޮޅުހަދާފައި

އަވަށްޓެރި ބަންގްލަދޭޝްގެ ޑާކާގެ ރެސްޓޯރެންޓަކަށް 2016 ވަނަ އަހަރު ޖުލައި އެއްވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އަށް މީހެއްގެ ޝަރިޔަތް ހޯމަ ދުވަހު ފަށައިފިއެވެ.  ޑާކާގެ ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުވާ ލިބޭ ހަ މީހަކު ކޯޓަށް ހާޒިރުވެފައިވާއިރު ދެ މީހަކު ކޯޓަށް ހާޒިރުވެފައިއެއް ނުވޭއެވެ. އެމީހުންގެ ޣައިރު ހާޒިރުގައި ޝަރިޔަތް ކުރަން ކޯޓުން ވަނީ ނިންމާފައިއެވެ.

ކޯޓާށް ހާޒިރުވި ހަ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ މައްސަލައިގެ ދެވަނަ އަޑުއެހުމެއް އޮންނާނީ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ކަމަށް އެންޓި ޓެރަރިޒަމް ސްޕެޝަލް ޓްރިބިއުނަލްއާ ހަވާލާދީ ރިޕޯޓްތައް ބުނޭއެވެ.

ހަމަލާދިން މީހުންނާ ދެކޮޅަށް ގިނަ ހެކިތަކެއް އެއްކޮށްފައިވާ ކަމަށް ޕޮލުހުންގެ ކައުންޓާ ޓެރަރިޒަމް ޗީފް މޮނީރުލް އިސްލާމްއާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވެ އެވެ. ހަތިޔާރު އަޅައިގެން ތިބި ގުރޫޕަކުން ޑާކާގެ ރެސްޓޯރެންޓަކަށް ވަދެ 22 މީހުން މަރާލާފައި ވަނީ 2016 ވަނަ އަހަރު ޖުލައި އެއްވަނަ ދުވަހުގައެވެ. މި ހަމަލާގައި ބަންގްލަދޭޝްގެ ފަސްމީހުންގެ އިތުރުން 17 ފަތުރުވެރިން މަރުވެފައިވާއިރު 50 މީހަކު ޒަހަމްވި އެވެ.

މައްސަލަ ތަހްގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ހަމަލާ ރާވާ ހިންގުމުގައި 21 މީހުން ބައިވެރިވެފައިވެ އެވެ. 

އެ ހަމަލާ ތަކުގެ ފަހަތުގައި ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުމެއް އޮންނަ ބަންގްލަދޭޝްގެ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޖަމާއަތެއް ކަމަށްވާ އުލް  މުޖާހިދީން ކަމަށް ބައެއް މަސްދަރުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް