ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 01:36
ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ރަޝިއާގެ އަސްކަރީ އުޅަނދުތަކާދެމެދު އާދީއްތަ ދުވަހުވަނީ ހަމަލާ ބަދަލުކޮށްފައި
ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ރަޝިއާގެ އަސްކަރީ އުޅަނދުތަކާދެމެދު އާދީއްތަ ދުވަހުވަނީ ހަމަލާ ބަދަލުކޮށްފައި
ބީބީސީ
ރަޝިއާ-ޔޫކްރެއިން
ޔޫކްރެއިންގައި މާޝަލް ލޯ އިއުލާނުކޮށްފި
ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް މާޝަލް ލޯ ހިންގާނެ

ރަޝިއާއިން ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދަކާއި އޭގެ 23 ފަޅުވެރިން އާދީއްތަ ދުވަހު ހައްޔަރުކުރުމުން އެ ގައުމުގައި މާޝަލް ލޯ އިއުލާނުކޮށްފިއެވެ.

ރައީސް ޕެޓްރޯ ޕްރުޝެންކޯ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ހޫނު ބަހުސްތަކެއް ކުރުމަށްފަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް މާޝަލް ލޯ ހިންގުމަށް ރުހުން ދީފައެވެ.

މާޝަލް ލޯ އިއުލާނުކުރެވުމާއެކު މިހާރު އެ ގައުމުގައި އާއްމު އެއްވުންތައް ހުއްޓުވައި މީޑިއާގެ މިނިވަންކަން ހަނިކުރެވިދާނެއެވެ.

ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ރަޝިއާގެ އަސްކަރީ އުޅަނދުތަކާ ދެމެދު އާދީއްތަ ދުވަހު ހަމަނުޖެހުން ހިނގީ 2014 ވަަނަ އަހަރު ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅި ކްރައިމިއާގެ ކަނޑުގެ ސަރަހައްދުގައެވެ.

ރަޝިއާގެ ކޯސްޓްގާޑުގެ ބޯޓުންވަނީ ޔޫކްރެއިންގެ ސްޕެޝަލް ފޯސަސްގެ ބޯޓުން ހަަމަލާ ދިނުމުގެ ކުރިން ބަޑިން ހަމަލާދީފައެވެ.

ހަމަލާ ތަކުގައި ޔޫކްރެއިންގެ ހައެއްކަ މީހުން ޒަޚަމްވިއެވެ.

ޔޫކްރެއިންއިން ބުނެފައިވަނީ ރަޝިއާގެ އަމަލަކީ ދެކޮޅުވެރިކަމުގެ އަމަލެއްކަމަށެވެ. ރަޝިއާއިން ބުނެފައިވަނީ ޔޫކްރެއިންގެ އުޅަނދުފަހަރު ރަޝިއާގެ ކަނޑުގެ ސަރަހަށްދަށް ގަވައިދާ ޚިލާފަށް ވަދެފައިވާކަމަށެވެ.

ޔޫކްރެއިންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް 2014 ވަނަ އަހަރުންފެށިގެން ރަޝިއާއިން މަދަދު ދެމުންދިޔަ ނަމަވެސް ރަޝިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރާއި ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރާ ދެމެދު މި ފަހުގެ ތާރީޚެއްގައި ބަޑީގެ ހަމަލާތައް ބަދަލުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް