ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 07:35
ބޯޑަރުގައި ހިނގި ކުރިމަތިލުންތަކުގެ ތެރެއިން
ބޯޑަރުގައި ހިނގި ކުރިމަތިލުންތަކުގެ ތެރެއިން
ބީބީސީ
އެމެރިކާ ބޯޑަރު
އެމެރިކާ ބޯޑަރުން އެތެރެވާން އުޅުނު މީހުންނާ ދިމާލަށް ކަރުނަ ގޭސް
ކަރުނަ ގޭސް ޖެހީ ހިނގާލުމެއްގެ ބައިވެރިންތަކެއް ގަވައިދާ ހިލާފަށް ބޯޑަރު ހުރަސްކުރަން އުޅުމުން
އެ ހިސާބުގެ ބޯޑަރު ހަ ގަޑި އިރު ވަންދެން ބަންދު ކުރި

އެމެރިކާ ބޯޑަރުން އެތެރެވާން ދިޔަ މެކްސިކޯގެ މީހުންނާ ދިމާލަށް ކަރުނަ ގޭސް ޖަހައިފިއެވެ. މި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އެމެރިކާގެ "ކަސްޓަމްސް އެންޑް ބޯޑަރ ޕެޓްރޯލް" (ސީބީޕީ) އިން އެ ހިސާބުގެ ބޯޑަރު ހަ ގަޑި އިރު ވަންދެން ބަންދުވެސް ކުރިއެވެ. ބަންދު ކުރީ މެކްސިކޯގެ ޓިހުއާނާއާއި އިންވެގެން އޮންނަ އެމެރިކާގެ ސެން ފްރެންސިސްކޯއަށް އެތެރެވާ، ސެން ސީދްރޯ ޕޯޓް އޮފް އެންޓްރީއެވެ. ބޯޑަރު ބަންދު ކުރީ ގަވައިދާ ހިލާފަށް ވަދެގަންނަން އުޅޭ މީހުން ހުއްޓުވުމުގެ ގޮތުންނެވެ.

ބޯޑަރުގައި ކުރިމަތިލުންތައް ހިނގަން މެދުވެރުވީ، އެމެރިކާއިން އެ ގައުމަށް އެތެރެވާން ދިޔަ މީހުންގެ ފޯމުތައް ނިންމުން ލަސްވާތީ އުފަދުނު ނުތަނަވަސް ކަމެއްގައި، ބޭއްވި ހިނގާލުމެއްގެ ބައިވެރިންތަކެއް ގަވައިދާ ހިލާފަށް ބޯޑަރު ހުރަސްކުރަން އުޅުމުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސީބީޕީ އިން ވަނީ ފޯމުތައް ނިންމުން ލަސްނުކުރާ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ ގައުމަށް ވަންނަން އަންނަ މީހުންނަށް ދަތިކުރުމުގެ ގޮތުން އެ ސަރަހައްދަށް ސިފައިން ފޮނުވާ، ބާރުގެ ބޭނުންކުރަން ހުއްދަ ދޭން ވިސްނާކަމަށް ވިދާޅުވެފައެވެ. ދާދި ފަހުން ޓްރަމްޕް ވަނީ ހިމާޔަތް ހޯދަން އަންނަ މީހުންނަށް އަމަލުކުރާ ގަވައިދުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް ފެޑެރަލް ކޯޓަކުން ވަނީ އެ ބަދަލުތަކައް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓުވައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް