ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 04:54
ލޮނުޒިޔާރަތް މަގުގެ މި ސަރަހައްދަކީ މިހާރުވެސް ވެހިކަލްތައް ޕާކު ކުރުމަށްޓަކައި ދަތި ސަރަހައްދެއް
ލޮނުޒިޔާރަތް މަގުގެ މި ސަރަހައްދަކީ މިހާރުވެސް ވެހިކަލްތައް ޕާކު ކުރުމަށްޓަކައި ދަތި ސަރަހައްދެއް
ޓްވިޓަރ
މިނިސްޓަރ މަޚްލޫފް
މަހްލޫފްގެ ކާރާ ހެދި ރައްޔިތުންނަށް ޕާކް ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ!
ވެހިކަލް ޕާކު ކުރަން ދީފައިވާ ސަރަހައްދު، އެހެން ސަރަހައްދަކަށް ބަދަލުކޮށް ދިނުމަށް ރަސްމީކޮށް އެދޭނެ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފަ

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް، އަހުމަދު މަހްލޫފަކީ އަބަދުވެސް ރައްޔިތުންގެ އުދާސްތަކާއި ކަންބޮޑުވުންތައް އަހައި އޮޅުންފިލުވައި އެކަމަށް ހައްލެއް ހޯދުމަށްޓަކައި ފެށުނީއްސުރެ މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅުކެވެ. މިހާރު މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި ނަމަވެސް އެއްވެސް ބޮޑާކަމެއް އަދި ކިބުރުވެރިކަމެއް ނެތި ކޮންމެ ރައްޔިތަކާއިވެސް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް މަހްލޫފް ދަންނަ ގިނަ މީހުން ބުނެއެވެ.

މިފަހަރުވެސް މަހުލްފޫގެ ފަރާތުން ފެނިގެން ދިޔައީ ހަމަ މިފަދަ މަންޒަރެކެވެ. ހައުސިންގް މިނިސްޓްރީގެ ފަރާތުން މަހްލޫފް ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި މަހްލޫފްގެ ކާރު ޕާކު ކުރާނެ ޖާގަ ހަދައި، ޕްރައިވެޓް ޕާކިންގ ޒޯން ކަނޑައެޅުމުން ޓުވިޓަރގައި އާންމުން ފަރާތަކުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ. އަދި ލޮނުޒިޔާރަތް މަގުގެ އެ ސަރަހައްދަކީ މިހާރުވެސް ވެހިކަލްތައް ޕާކު ކުރުމަށްޓަކައި ދަތި ސަރަހައްދެއްކަން އެނާގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި ޓްވީޓް ކުރިތާ ގިނަ އިރުތަކެއް ނުވެ، ޓުވީޓަށް ރައްދު ދެއްވާ މިނިސްޓަރ މަހްލޫފް ވިދާޅުވީ އެމަނިކުފާނަށް ވެހިކަލް ޕާކު ކުރަން ދީފައިވާ ސަރަހައްދު، އެހެން ސަރަހައްދަކަށް ބަދަލުކޮށް ދިނުމަށް ރަސްމީކޮށް ހައުސިންގް މިނިސްޓްރީގައި އެދިލައްވާނެ ކަމަށެވެ. އަދި އެކަން މަހްލޫފްގެ ސަމާލުކަމަށް ގެނައުމުން މަހްލޫފް ވަނީ އެމީހާއަށް ޝުކުރު އަދާކުރައްވާފައެވެ.

މަހްލޫފްގެ މި ރައްދާއި ގުޅިގެން ޓުވިޓަރގައި ވަރަށް ގިނަ އާންމުން ވަނީ މަހްލޫފް އަށް ތައުރީފު ކޮށްފައެވެ. މަހްލޫފަށް ތައުރީފުގެ ބަސްތައް ރައްދުކުރި ބައެއް މީހުން ބުނެފައި ވަނީ މަހްލޫފަށް ކުރަމުންއައި އިހްތިރާމް ކުރިއަށްވުރެ މިހާރު އިތުރުވެއްޖެ ކަމަށެވެ. އަދި އަނެއްބައި މީހުން ބުނެފައިވަނީ "މަހްލޫފް ކަހަލަ މީހުން" މި ޤައުމުގައި މަދު ކަމަށެވެ.  

   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
28 ނޮވެންބަރ 2018 | ބުދަ 11:58
ހުސައިން
ގާސިމްވެސް އެގޮތަށް ހައްދަވައި ދެއްވާ
28 ނޮވެންބަރ 2018 | ބުދަ 11:21
ހުސައިން
ގާސިމްވެސް އެގޮތަށް ހައްދަވައި ދެއްވާ
26 ނޮވެންބަރ 2018 | ހޯމަ 05:05
ޔަސް
ހެހެ ކޮސްބެ