ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 18:48
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް(ވ) އަދި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް(ވ) އަދި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ
އޭޕީ
ބްރެކްސިޓް
ބްރެކްސިޓް: އިނގިރޭސި ވިލާތުގެ ހުށަހެޅުން އީޔޫ އިން ބަލައިގެންފި
އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނީ އަންނަ އަހަރުގެ މަރޗު މަހު

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ހުށަހެޅި އެއްބަސްވުން ބްރަސަލްސްގައި ބޭއްވި އެ ޖަމާއާތުގެ ވެރިންގެ ބައްދަލުވުމުގައި ގައުމުތަކުގެ ލީޑަރުން އާދީއްތަ ދުވަހު ބަލައިގެންފިއެވެ.

ބޮޑުވަޒީރު ތެރީސާ މޭ ހުށަހެޅުއްވި ހުށަހެޅުއްވުމާ މެދު އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ތިއްބެވީ އިންތިހާ އަށް ނުރުހުންވެފައެވެ.

ދޮޅު އަހަރެއް ހާ ދުވަހުގެ އުނދަގޫ މަޝްވަރާތަކަކަށްފަހު އެކުލަވާލެވުނު 600 ސަފްހާގެ މުއާހަދާގައި ތައްގަނޑު ޖެހުމަށް އީޔޫގެ 27 ގައުމުގެ ލީޑަރުންނަށް ބައި ގަޑިއެއް ހާ އިރު ނެގިއެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މުއާހަދާގެ އިތުރުން މުސްތަގުބަލުގައި އިޔޫއާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމުގެ މަގުސަދުގައިި 26 ސަފްހާގެ އިތުރު އަހުދުނާމާ އެއް ގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނީ އަންނަ އަހަރުގެ މަރޗު މަހުގެ 29 ވަނަ ދުވަހުއެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކްވަނީ އެއްބަސްވުން ޓްވިޓަރގައި ހާމަކުރައްވާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނެވި މައިކަލް ބާނިއަރ ވިދާޅުވީ މި ނިމުނީ ފުރަތަމަ ފޭސް ކަމަށާއި އިނގިރޭސިވިލާތާއި އީޔޫ އިން މީގެ ކުރިން ނެތް ފަދަ ގުޅުމެއް ހޯދުމަށްޓަކައި އެ އަޒުމުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"މިހާރު މިއީ ކޮންމެ ފަރާތަކުން ވެސް އެެ ފަރާތެއްގެ ޒިންމާ ނަގަންވީ ވަގުތު. އެންމެން ވެސް" އޭނާ ވިދާޅުވިއެވެ.

އިނގިރެސިވިލާތް އިޔޫ އިން ވަކިވުމަށް ފެނޭތޯ ބެލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ ވޯޓް ލިބިފައިވެއެވެ. ވޯޓަށްފަހު އެ ގައުމު އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ގޮސްފައި ވަނީ ލަސް ދުވެއްޔެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް