ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 18:24
ރައީސް މުގާބޭ ވެރިކަމުގެ ފަހުކޮޅު މީޑިއާއާ ބައްދަލުކުރައްވަނީ
ރައީސް މުގާބޭ ވެރިކަމުގެ ފަހުކޮޅު މީޑިއާއާ ބައްދަލުކުރައްވަނީ
ދަ ސަން
ރޮބާޓް މުގާބޭ
މުގާބޭގެ ހާލުކޮޅު ދެރަވެ، ހިނގާބިނގާވެ ނޫޅުއްވޭ
މުގާބޭ ފަރުވާ ހޯއްދަވަނީ ސިންގަޕޫރުން
މުގާބޭގެ ބޭސްފަރުވާއަށް ޚަރަދުކުރަނީ ދައުލަތުން

އުމުރުފުޅުން 94 އަހަރުގެ ރޮބަރޓް މުގާބޭގެ އާލާސްކަންފުޅާ ގުޅިގެން މިހާރު ހިންގަވާ ނޫޅުއްވޭ ކަމަށް އެ ގައުމުގެ ރައީސް އެމަރސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ދެމަސް ދުވަހު މުގާބޭ އުޅުއްވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ކަމަށެވެ. ނަމަވެސް އާލާސްކަންފުޅުގެ ބާވަތެއް ހާމައެއް ނުކުރައްވައެވެ.

ރައީސް  މުގާބޭގެ ސިއްހީ ހާލުކޮޅާ ބެހޭގޮތުން ނަންގަގްވާ ވާހަކަ ދައްކަވާފައި ވަނީ މުގާބޭގެ އުފަން އަވަށުގައި ބޭއްވެވި އެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ.

"އެމަނިކުފާނުން ހުންނެވީ ދުވަސްވެފައި. ތެދެއް މިއަދު އެ މަނިކުފާނަށް ހިނގާބިނގާވެ ނޫޅުއްވޭ. ނަމަވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި ކޮންމެ ކަމެއް ކޮށްދޭނަން،" ނަންގަގްވާ ވިދާޅުވި ކަމަށް އޭއެފްޕީ ރިޕޯޓްކޮށްފައިވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ވެރިކަމުގައި ހުންނެވިއިރު މުގާބޭވަނީ ލޮލުގެ ފަރުވާ ހޯއްދަވާފައެވެ. ނަމަވެސް ކެންސަރު ބަލި ކަމަށް ފެތުުރުނު ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

ހިނގާ ބިނގާވެ ނޫޅުއްވުނަސް މުގާބޭގެ ހާލު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށާއި އަންނަ ހަފްތާގައި ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ނަންގަގްވާ ވިދާޅުވިއެވެ.

މުގާބޭވަނީ ވެރިކަން ނިމުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ސިއްހީ ފަރުވާ ހޯއްދެވުމަށް އެތައް ދަތުރުތަކެއް ކުރައްވާފައެވެ. މުގާބޭގެ ބޭސްފަރުވާއަށް ޚަރަދު ކުރަނީ ދައުލަތުންނެވެ.

ނަންގަގްވާ ވެރިކަމަށް ވަޑައިގެންފައި ވަނީ އަސްކަރިއްޔާ މެދުވެރިވެގެން މީގެ އަހަރެއް ކުރިން ރައީސް މުގާބޭ ވެރިކަމުން ދުރުކުރުމަށްފަހުއެވެ.

އެހާތަަނާ ޖެހެންދެން އެ ގައުމުގެ ރައީސްކަން އޭގެ 37 އަހަރުކުރިން ފެށިގެން ކުރައްވަމުން ގެންދެވި ހަމައެކަނި ބޭފުޅަކީ މުގާބޭއެވެ. މުގާބޭ ވެރިކަމަށް ވަޑައިގެންނެވީ ބައިމަދު ދޮން ނަސްލުގެ މީހުންގެ އަތުން މިނިވަންކަން ހޯދުމަށް ހިންގުނު ހަރަކާތުގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 ނޮވެންބަރ 2018 | އާދީއްތަ 08:36
Naraka mugaabey
Mayaa hoki thakaa mugaabe avahaara ve vadai genfi ekaleyge faanu avahaara v miadhu hendhunu vaguthugaa ekaleyge faanu fasdhaanu veduvun othu mirey