ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 09:25
ކޯރަށް ވެއްޓުނު ބަސް ނެގުމުގެ މަަަސައްކަތުގަ
ކޯރަށް ވެއްޓުނު ބަސް ނެގުމުގެ މަަަސައްކަތުގަ
ޓައިމްސް އޮފް އިންޑިއާ
ކަަރްނާޓަކާ
އިންޑިއާގައި ކޯރަކަށް ބަހެއް ވެއްޓި 25 މީހުން މަރުވެއްޖެ
ގިނައިން މަރުވެފައި ވަނީ ސްކޫލު ކުދިން
ސަލާމަތްވެފައި ވަނީ ބަހުން ފުންމާލި ކުޑަކުއްޖެއް އެކަނި

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި ބާރަށް ދުއްވާފައި ދިޔަ ބަހެއް ކޯރަކަށް ވެއްޓި 25 އަށް ވުރެން ގިނަ މީހުން މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ހިނގި އެ ހާދިސާގައި ގިނައިން މަރުވެފައި ވަނީ ސްކޫލު ކުދިންނެވެ. މި ހާދިސާ ހިނގުމަށް މެދުވެރިވީ، ބާރު ސްޕީޑް އެއްގައި ދުއްވާފައި ދިޔަ ބަސް ކޮންޓްރޯލުން ނެއްޓިގެން ގޮސް އަރިއަކަށް ކޯރަށް ވެއްޓުމުން ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާގައި ސަލާމަތްވެފައި ވަނީ ބަހުން ފުންމާލި ކުޑަކުއްޖެއް އެކަނި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކަރްނާޓަކާގެ ޗީފް މިނިސްޓަރު ކުމާރަސުވާމީ، ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރުމަށް ފަހު މަރުވި މީހުންގެ އާއިލާތަކަށް 5 ލައްކަ ރުޕީސް ދޭން ވައުދުވެފައެވެ. ޑެޕިއުޓީ މިނިސްޓަރު ޕަރަމޭޝްވަރާ ވިދާޅުވީ މި ހާދިސާ އިތުރަށް ތަހުގީގު ކުރާނެކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު މޯޑީ ކުރެއްވި ޓްވީޓްއެއްގައި ވަނީ ހިތާމަ ފާޅުކުރައްވަމުން، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ހިތްވަރުގަދަ ކުރަން ވިދާޅުވެފައެވެ.

އިންޑިއާގައި އަހަރަކު މަގުމަތީގައި ދިމާވާ އެކި އެކި ހާދިސާތަކުގަ 150000 ގާތް ކުރާ އަދަދަކަށް މީހުން މަރުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް