ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 18:10
ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ރ. އުނގޫފާރުގައި އިފްތިތާހު ކުރުމުގެ ތެރެއިން
ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ރ. އުނގޫފާރުގައި އިފްތިތާހު ކުރުމުގެ ތެރެއިން
ދިރާގު
ދިރާގު
ދިރާގު ފައިބަރ އިންޓަރނެޓްގެ ހިދުމަތް ރ. އުނގޫފާރަށް!
މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ރ. އުނގޫފާރުގައި ހޮނިހިރު ދުވަހު ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ދިރާގުން ދަނީ ވަރަށް ބާރުމިނުގައި ފައިބަރގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށް ދީފައިއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 43 އެހެން ރަށްރަށަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. މިހާރު އެ ރަށުގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގައި ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

ދިރާގުން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށާއި އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ކަމަށް ދިރާގުން ބުންޏެވެ.

އުނގޫފާރުގެ އިތުރުން ރ. ދުވާފަރުގައި ވެސް ވަނީ ދިރާގު ފައިބަރގެ ހިދުމަތް މީގެ ކުރިން ތައާރަފު ކޮށްފައެވެ.

- ކޮމެންޓް