ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 20:50
ޔެލޯ ޖެކެޓު މުޒާހަރާތަކުގެ ތެރެއިން
ޔެލޯ ޖެކެޓު މުޒާހަރާތަކުގެ ތެރެއިން
އޭއެފްޕީ
ޕެރިސް މުޒާހަރާ
ޕެރިހުގެ މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ކަރުނަ ގޭސް ޖަހައިފި
ފަރަންސޭސްވިލާތުގެ އެކި ހިސާބުތަކުން 280000 މީހުން މުޒާހަރާގައި ބައިވެރިވެފައިވޭ
މުޒާހަރާ ކުރަމުން ދަނީ އެ ގައުމުގައި ވިއްކާ ޑީސަލްގެ އަގު ބޮޑު ކުރަން ނިންމުމާ ގުޅިގެން

ފަރަންސޭސްވިލާތުގެ ވެރިރަށް ޕެރިހުގައި މުޒާހަރާ ކުރަމުން ދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ކަރުނަ ގޭސް ޖަހައިފިއެވެ.

ޗޭމްޕްސް-އެލައިސީސް ސަރަހައްދުގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލުންތައް ހިނގީ ފުލުހުން ޖަހައިފައިވާ ބެރިކޭޑްތަކުން އެތަރެ އަށް އެއްޗެހި އުކާ، ވަދެ ގަނެގެން ދާން އުޅުމުންނެވެ.

ހޮނިހިރު ދުވަހު ފަރަންސޭސްވިލާތުގެ އެކި ހިސާބުތަކުން 280000 މީހުން މުޒާހަރާގައި ބައިވެރިވި ކަމަށް ވަނީ ލަފާކޮށްފައެވެ. "ޔެލޯ ޖެކެޓް" ގެ ނަމުން މަޝަހޫރުވެފައިވާ މި މުޒަހަރާގައި ބައިވެރިން އަޑު އުފުލަމުން މި ދަނީ އެ ގައުމުގައި ވިއްކާ ޑީސަލްގެ އަގު ބޮޑު ކުރަން ނިންމުމާ ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޑީސަލްގެ އަގު ކުޑަކުރުމަށާއި ރައީސް އެމަނުއެލް މެކްރޯންގެ އިސްތިއުފާ އަށް ވެސް ގޮވާލާފާއެވެ.

ގިނައިން މި މުޒާހަރާގައި ބައިވެރިވަމުން މިދަނީ ފަރަންސޭސްވިލާތުގެ ސިޓީތަކާއި ދުރުގައި އުޅޭ ކުދި އަވަށްތަކުގެ މީހުންނެވެ. މި ކަމުގެ ސަބަބަކަށް ވެފައި ވަނީ ވިޔަފާރި އާއި ވަޒީފާގެ ބޭނުމަށް އެމީހުންނަކީ ނިސްބަތުން ބަލާއިރު މާ ގިނައިން ދަތުރުކުރަން ޖެހޭ ބައެއް ކަމުގައި މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި ފަރަންސޭސްވިލާތުގައި ޑީސަލްގެ އަގު ވަނީ 23 ޕަސެންޓު މައްޗަށް ގޮސްފައެވެ. އެ ގައުމުގެ މީހުން ގިނަ އިން ބޭނުންކުރަނީ ޑީސަލް އަޅާ އުޅަނދުފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް