ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 20:36
ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު އެންޑްރޭޖް ބޭބިސްގެ
ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު އެންޑްރޭޖް ބޭބިސްގެ
ގޫގުލް
ޗެކް ރިޕަބްލިކް
ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި
ފާސްކުރަން ބޭނުންވަނީ 101 ވޯޓު، ލިބުނީ 92 ވޯޓު

ކޮރަޕްޝަންގެ ތުހުމަތުގައި ޗެކް ރިޕަބްލިކްގެ ބޮޑު ވަޒީރު އެންޑްރޭޖް ބޭބިސްގެ މައްޗަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ނާކާމިޔާބު ކޮށްލައިފިއެވެ.

އޭނާ މަގާމުން ވަކި ކުރަން 101 މެމްބަރުންގެ ވޯޓް ބޭނުންވާއިރު ހުކުރު ދުވަހު ނެގި ވޯޓުގައި އެ މައްސަލަ އަށް ތާއީދުކޮށް ވޯޓް ދެއްވާފައި ވަނީ ޖުމްލަ 92 މެމްބަރުންނެވެ.

ކުރީގެ ފައިނޭންސް މިނިސްޓަރ ކަން ވެސް ކުރައްވާފައިވާ ބޭބިސްގެ މައްޗަށް ވަނީ އދ. އިން ދޫކުރި ސަބްސިޑީސް އެއް، އޭނާގެ ދަރިކަނލުން އެންޑްރޭޖު ބޭބިސް އަށް ދިން ކަމަށް ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން އޭނާގެ ދަރިކަލުން ވަނީ އެ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭނާގެ ބައްޕާފުޅު، ބޭބިސް ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރަ ކުރައްވާފައެވެ.

ކޮރަޕްޝަންގެ ތުހުމަތު ބޮޑުވަޒީރަށް ކޮށްފައިވާތީ ޗެކް ރިޕަބްލިކްގެ އެކި ސަރަހައްދުތަކުގައި އެ ގައުމުގެ ބައެއް ރައްޔިތުން ދަނީ ބޭބިސް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް