ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 19:19
ބެއިޖިންގްގެ މާރްކޭޓެއްގައި މީހުން ތޮށްޖެހިފައި
ބެއިޖިންގްގެ މާރްކޭޓެއްގައި މީހުން ތޮށްޖެހިފައި
ގޫގުލް
ޗައިނާގެ އާބާދީ
ވޭތު ވެދިޔަ 20 އަހަރާ އަޅާބަލާއިރު ބެއިޖިންގްގެ އާބާދީ ވަނީ ދަށްވެފައި
ހަ ހިސާބެއްގެ އާބާދީ ތިން ޕަސެންޓަށް ދަށްވެފައިވޭ: ރިޕޯޓް

ވޭތުވެދިޔަ 20 އަހަރާ އަޅާބަލާއިރު ބޭއިޖިންގްގެ އާބާދީ ދަށްވެއްޖެކަމަށް ޗައިނާގެ ޒިންހުއާ ނޫސް އެޖެންސީގެ ރިޕޯޓް ތަކުން ދައްކައިފިއެވެ.

ހުކުރު ދުވަހު ނެރުނު ރިޕޯޓް އިން ދައްކާ ގޮތުގައި މިދިޔަ އަހަރު ބެއިޖިންގްގެ ރަށްވެހިންގެ އަދަދަކީ 21.707 މިލިއަން އެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 22،000 ދަށް އަދަދެއްކަމަށް ރިޕޯޓް ކުރެއެވެ. މީގެ އިތުރުން 2016 އިން 2017 އަށް ޗައިނާގެ ކުރިއަރާފައިވާ ހަ ހިސާބެއްގެ އާބާދީ ތިން ޕަސެންޓަށް ދަށްވެފައިވާ ކަމަށް ޗައިނާގެ ޕީޕަލް ކޮންގޮރެސް އާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި، ވަސީލަތްތައް ލިބުމަށް ހުރި ދަތިތަކުގެ އިތުރުން މަގުމަތީގެ ކާރުބާރު ކުޑަކުރުމަށްޓަކައި ޗައިނާގެ ކަމާއި ބެހޭ ފަރާތްތައް ދަނީ އާބާދީ ކުޑަކުރުމަށް ނުހަނު ބޮޑު މަސައްކަތް ތަކެއް ކުރަމުންނެވެ. އަދި ބެއިޖިންގެ އާބާދީ 1998 ވަނަ އަހަރުން ފެށިގެން ތިންބައި ކުޅަ ދެބަޔަށް އިތުރު ވެފައި ވީއިރު، ހަކަތަ ބޭނުން ކުރާ މިންވަރު ދެގުނައަށް އިތުރުވެ ދުއްވާ ތަކެތީގެ އަދަދު ތިންގުނަ އަށް އިތުރުވެފައިވެ އެވެ.

ފުރަތަމަ ދިހަ އަހަރު ނިމެންވާ އިރަށް ބެއިޖިންގގެ އާބާދީ 23 މިލިއަނުގައި ހިފެހެއްޓުމަށް 2016 ވަނަ އަހަރުން ފެށިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ފިޔަވަޅު އަޅަން ފަށައިފައެވެ. ބެއިޖިންގގެ އިގްތިސާދު ވަރުގަދަ ކުރުމުގެ ގޮތުން ހެބޭއީ ޕްރޮވިންސްގެ އިތުރުން ޓިއަން ޖިން ސިޓީ އިން ދަނީ ޔުނިވާސިޓީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ކާރްހާނާތައް އެސަރަހައްދު ތަކުގައި ހިންގުމަށް ފުރުސަތު ދެމުންނެވެ.

ބެއިޖިންގގެ އަދި ޝަންހާއި ފަދަ ބޮޑެތި ސިޓީ ތަކުން އާބާދީ ދަށްކުރުމަށް މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް މުޅި ޖުމްލަ ގޮތެއްގައި ޗައިނާގެ އަބާދީ އިތުކުރުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

ޗައިނާގައި ދުވަސްވި މީހުންގެ އަދަދު 2035 ވަ އަހަރާ ހަމަޔަށް 400 މިލިއަނަށް އަރާނެކަމަށް ޗައިނާގެ އެސޯޝިއޭޝަން އޮފް ސޯޝަލް ސެކުއިރިޓީ ގުރޫޕް އިން އަންދާޒާ ކުރޭއެވެ.

 

 

- ކޮމެންޓް