ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 00:16
ނޫސްވެރިޔާ ޖަމާލް ޙަޝޯގީ
ނޫސްވެރިޔާ ޖަމާލް ޙަޝޯގީ
ގެޓީ އިމޭޖަސް
ޖަމާލް ޚަޝޯގީ
ސެނެޓުގެ މެންބަރުން ސައުދީ އަރަބިޔާއާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
މައްސަލައާއި ގުޅިގެން ހުށައެޅި ބިލުގައި ޑިމޮކްރެޓު މެންބަރުންނާއި ރިޕަބްލިކަން މެންބަރުންވެސް ސޮއިކުރެއްވި
މަރާއި ގުޅިގެން ސައުދީ އަރަބިއްޔާގެ 17 ރައްޔިތަކާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅާފަ

އެމެރިކާގެ ސެނެޓުގެ މެންބަރުން، ސައުދީ އަރަބިއްޔާ އާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

ސެނެޓަށް މި މައްސަލައާއި ގުޅިގެން ހުށައެޅި ބިލުގައި ޑިމޮކްރެޓު މެންބަރުންނާއި ރިޕަބްލިކަން މެންބަރުންވެސް ސޮއިކުރެއްވިއެވެ. ރައީސް ޓްރަމްޕާއި ގާތްކޮށް އުޅޭ މެންބަރުން ވެސް ވަނީ ސައުދީއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޙަޝޯގީގެ މަރާއި ގުޅިގެން ވައިޓް ހައުސް އިން ނެރުނު ޓްރަމްޕްގެ ބަޔާނެއްގައި އެބޭފުޅާ ވިދާޅުވީ ފަހަރެއްގައި ވަލީއަހުދަށް އެކަމުގެ މައުލުމާތު ލިބިފައި ވެދާނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއަށް ވެސް މިކަން ކަށަވަރުވާ ވަރުގެ މައުލޫމަތެއް ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޕަބްލިކަން ސެނެޓަރު ރާންޑް ޕޯލް ކުރެއްވި ޓްވީޓްއެއް ގައި ވިދާޅުވެފައި ވަނީ އެންމެ ކުޑަމިނުން ކުރެވޭނެ ކަމަކީ އެމެރިކާގެ ކުރިއަރާފައިވާ ހަތިޔާރުތައް ސައުދީއަށް "ހަދިޔާ" ނުކުރުންކަމަށެވެ. އަދި އެމީހުން އެ ހަތިޔާރުތައް ބޭނުންކުރަމުން ދަނީ އާންމުންނަށް ހަމަލާ ދިނުމަށް ކަމަށް ވެސް ވަނީ ތުހުމަތު ކުރައްވައިފައެވެ. އިތުރަށް ވިދާޅުވީ ޓްރަމްޕްގެ ބަސްފުޅުން ދޭހަވަނީ އެއީ " އެމެރިކާ ފުރަތަމަ" ސިޔާސަތެއް ނޫން ކަމަށާއި "ސައުދީ ފުރަތަމަ" ސިޔާސަތެއްކަމަށެވެ.

މިހާތަނަށް އެމެރިކާއިން ވަނީ ޖަމާލް ޚަޝޯގީގެ އަނިޔާވެރި މަރާއި ގުޅިގެން ސައުދީ އަރަބިއްޔާގެ 17 ރައްޔިތަކާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ނަމަވެސް ވަލީއަހުދު މުޚައްމަދު ނުހިމެނޭތީ ސެނެޓުގެ މެންބްރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޖަމާލް ޚަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓް ތެރޭގައިއެވެ. އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އަމަލުގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް