ޔަމަންގެ ޙޫތީންނާއި ސަރުކާރު ހަދާފައިވާ އަރަބި ކޯލިޝަނާއި ދެމެދު ހިނގަމުންދާ ހަނގުރާމާގައި ފަސްއަހަރުން ދަށުގެ 85000 ކުދިން ބަނޑުހައި ހޫނުކަމުގައި މަރުވެފައިވާ ކަމަށް އިގިރޭސި ވިލާތުގައި ހުންނަ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ސޭވްދަ ޗިލްޑްރަން ފައުންޑޭޝަން އިން ބުނެފިއެވެ.
އެފައުންޑޭޝަން އިން މި އަދަދު ހޯދިފައި ވަނީ ޔޫއެން އާއި ގުޅިގެން ހިންގި ދިރާސާތަކުގައި އެވެ. މި ގޮތަށް މަރުވާ ކުދިން މަރުވެފައި ވަނީ ސިއްހަތަށް ފައިދާ ހުރި ކާނާ ނުލިބުމުގެ ސަބަބުން ކަމަށާއި 2017 އަޅާ ބަލާއިރު މި އަދަދު އިތުރުވެފައިވާ ކަމަށް އެ ޖަމާއުތުން ބުނެފައިވެއެވެ.
ފައިދާ ހުރި ކަނާ ނުލިބުމުގެ ސަބަބުން ކުދިންގެ ސިއްހީ ހާލަތު ދަށްވެ ކުދިންގެ ހަށިގަނޑުގެ ގުނަވަންތއް މަސައްކުރާވަރު ދަށްވެ ވޭނެއްގައި އެކުދިންތައް މަރުވަމުންދާ ކަމަށް ސޭވް ޗިލްޑްރެއިން އިން ޔަމަނަށް ކަޑައަޅާފައިވާ ކިރޮލަސް ވަނީ ބުނެފައި އެވެ.ސެވް ޗިލްޑްރަން އިން ބުނި ގޮތުގައި މި ހަނގުރާމާގެ ސަބަބުން އެންމެ ބޮޑު ވޭނެއް ތަހަމަލް ކުރަން ޖެހެނީ އެގައުމުގެ ކުޑަކުދިންނެވެ.
ކުދިންނަށް ބޭނުންވާ ކާނާ ޔަމަނަށް ފޮނުވަމުންދާ ކަމަށާއި އެކަމަކު އެކުދިންނާ ހަމަޔަށް ލިބުން ލަސްވަމުންދާވަރަކަށް މަރުވާ ކުދިންގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ. ޔަމަނުގައި ހުންނަ ޗެކްޕޮއިންޓް ތަކުގައި ލަސްތަކެއް ވަމުންދާ ކަމަށް އޭނާފާހަގަ ކޮށްފައިވެއެވެ
ސޭވް ޗިލްޑްރެން އިން މިހާތަނަށް 140،000 ހާސް ކުދިންނަށް ކާނާގެ އިތުރުން ބޭސްފަރުވާ ފޮރުކޮށްދީފައިވާ ކަމަށް އެޖާމާއަތުން ބުނޭއެވެ.
ޔަމަންގައި 2015 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ދާހިލީ ހަނގުރާމާގައި އެތައް ބަޔަކު މަރުވެ ގެދޮރު ވަނީ ގެއްލިފައި އެވެ.