ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 13:28
ކަފާލާތުގެ ދަށުން މިނިވަންވުމަށް ފަހު އަލަމް ސަޕޯޓަރުންނާއި އެކު އުފާފާޅު ކުރަނީ
ކަފާލާތުގެ ދަށުން މިނިވަންވުމަށް ފަހު އަލަމް ސަޕޯޓަރުންނާއި އެކު އުފާފާޅު ކުރަނީ
ޑާކާ ޓްރިބިއުން
ބަންގްލަދޭޝްގެ ނޫސްވެރިޔާ
ބަންގްލަދޭޝްގެ ނޫސްވެރިޔާ ޝަހީދުލް އަލަމް ކަފާލާތުގެ ދަށުން މިނިވަންކުރުން
ހައްޔަރު ކޮށްފައި ވަނީ ސަރުކާރަށް ފާޑުކީ ކަމުގެ ތުުހުމަތުގައި

ސަރުކާރަށް ފާޑުކީ ކަމުގެ ތުހުމުތުގައި ހައްޔަރު ކުރި ބަންގްލަދޭޝް ގެ ނޫސްވެރިޔާ ޝަހިދުލް އަލަމް ކަފާލާތުގެ ދަށުން މިނިވަންކޮށްފިއެވެ. އަލަމް މިނިވަން ކޮށްފައި ވަނީ 100 ދުވަސް  ޖަލުގައި ހޭދަކުރުމަށް ފަހުގައި އެވެ.

އުމުރުން 63 އަހަރުގެ އަލަމް ހައްޔަރު ކޮށްފައިވަނީ އޮގަސްޓު މަހު ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އެގައުމުގެ މަގުތަކުގެ އަމާންކަމާއި މެދު ނުރުހުންފާޅުކޮށް ކުރި މުޒާހަރާގައި އިންޓަނެޓް މެދުވެރިކޮށް  ސަރުކާރައި ބެހޭގޮތުން ދޮގު މައުލޫމަތާއި ޕްރޮޕެގެންޑާ ފެތުރި ކަމުގެ ތުހުމަތުގައި އެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކޮމިއުނިކޭޝަން ޓެކްނޮލެޖީ ސެކްޝަން 57 ފުށުއަރާފައިވާ ގޮތަށް ވާހަކަތަކެއް ދައްކާފައިވާތި ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓްކުރޭއެވެ.

ފާއިތުވެދިޔަ ދުވަސް ތަކުގައި އެއަށް ފުށުއަރާފައިވާތީ ކަމަށް ބުނެ 20 އާއި ގާތްކުރާވަރަށް ނޫސްވެރިންތަކެއް އިތުރުން އެކްޓިވިސްޓުން ތަކެއް ވަނީ ހައްޔަރުކޮށްފައި އެވެ.

ކަފާލާތުގެ ދަށުން މިނިވަންވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޝާހިދުލް ބުނީ  މިނިވަން ކަމުގެ އިހްސާސް ކުރެވޭކަމަށައި މުޒާހަރާގައި ހައްޔަރު ކުރެވުނު އެހެން ބައިވެރިން ވެސް މިނިވެގެން ދިޔުމަށް އުއްމީދު ކުރާކަމަށެވެ. އަލަމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޖަލުގައި ހޭދަކުރި ދުވަސް ތަކުގައި ފުލުހުން އޭނާޔަށް އަނިޔާ ކޮށްފައިވާ ކަމަށް މީގެ ކުރިން އޭނާ ބުނެފައިވެއެވެ. އަލަމް ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި އޭނާގެ ހައްގުތައް ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް އޭނާގެ ވަކީލު އާއި ހަވާލާދީ އަލް ޖަޒީރާ އިން ރިޕޯޓް ކުރޭ.

އަލަމް ކަފާލާތުގެ ދަށުން މިނިވަންވުމާއި އެކު އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އެމެނެސްޓީ ވަނީ އަލަމްގެ މައްޗަށް ކޮށްފައިވާ ދައުވާ އަބުރާ ގެންދިޔުމަށް ގޮވާލާފައި އެވެ. ހަމައެއާއި އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތުދޭން ޖެހޭ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ބުނެފައިއެވެ.

މިނިވަން ނޫސްވެރިކަމަށް މަސައްކަތްކުރާ ފްރޮންޓް ލައިން ކްލަބް އިން ވަނީ 2018 ވަނަ އަހަރު ނޫސްވެރިކަމަށް އަލަމް ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދީފައި އެވެ. މީގެ އިތުރުން އަލަމް ހިމެނިފައިވަނީ ބަންގްލަދޭޝްގެ އެންމެ މޮޅު ފޮޓޯ ޖާނަލިސްޓްގެ ގޮތުގައިއެވެ. 

އަލަމް ހައްޔަރު ކުރި މައްސަލާގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ އަށް ދަނީ ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވަމުންނެވެ.

 

- ކޮމެންޓް