ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 06:14
ކިންގް ޕަވަރ މަހަނަކޯން
ކިންގް ޕަވަރ މަހަނަކޯން
މުހައްމަދު ޝަރުހާން
މަހަނަކޯން ބިލްޑިންގ
މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި
މި އިމާރާތުގެ އުސްމިނުގައި 314.2 މީޓަރު ހުރޭ

ބެންކޮކްގައި ހުންނަ މަޝްހޫރު ކިންގް ޕަވަރ މަހަނަކޯން އިމާރާތުގެ މަތީގައި ހަދާފައިވާ ބިއްލޫރި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލައިފިއެވެ.

މަހަނަކޯންގެ މަތީގައ ތައްޔާރުކޮށްފައިވާ ބިއްލޫރި ޕްލެޓްފޯމް ހުޅުވާފައިވާއިރު މި ތަނަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މިތަނަށް ޒިޔާރަތް ކުރާއިރު، މިތަން މިހާރު ވެފައިވަނީ ބެންކޮކްގައި ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ މަޤުބޫލު އެއް ތަނުގެ ގޮތުގައި ބެންކޮކުން ޕްރޮމޯޓް ކުރާ ތަނަށެވެ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Plowhy Lalita (@pplowhy) on

އިމާރާތުގެ މަތީގައި ހަދާފައިވާ ބިއްލޫރި ޕްލެޓްފޯމްއަށް އެރުމަށް ސަލާމަތީ ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިތަނަށް އެރުމަށްޓަކާ ފަޔަށް ލައްވާ ޚައްސަ އުރައެކެވެ. މި އުރަ ފަރުމާ ކޮށްފައިވަނީ ކައްސާނުލައި، ފަސޭހަ ކަމާއިއެކު ބިއްލޫރި މަތީގައި ހިނގޭނެ ގޮތަށެވެ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PIML.C. (@pimlc) on

ތައިލޭންޑްގެ އެންމެ މަޤުބޫލު އެއް ބިނާގެ ގޮތުގައި ފާހަގަކުރެވޭ މި އިމާރާތަކީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު މި އިމާރާތް ހުޅުވީއްސުރެ މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ބެންކޮކްގައި ހުރި އެންމެ އުސް އިމާރާތުގެ ރިކޯޑް އޮތް އިމާރާތެވެ. 77 ފަންގިފިލާ ހިމެނޭ މި އިމާރާތުގެ އުސްމިނުގައި 314.2 މީޓަރު ހުންނައިރު، އުސްމިނުގައި މި އިމާރާތް ފަހަތަށް ޖައްސާލާފައިވަނީ މި ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު ހުޅުވި އުސްމިނުގައި 317 މީޓަރު ހުންނަ އައިކޮންސިއަމް އިމާރާތް ހުޅުވުމާއި ގުޅިގެންނެވެ. މަހަނަކޯން އާއި އައިކޮންސިއަމް އާއި މި ދެ އިމާރާތުގެ މަތީގައި ހުންނައިރުވެސް މުޅި ބެންކޮކް އެކުގައި ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް