ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 23:15
ނަޖީބް ރައްޒާގް - އޭނާގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުޤީޤްކުރޭ
ނަޖީބް ރައްޒާގް - އޭނާގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުޤީޤްކުރޭ
އިންޑިއަން އެކްސްޕްރެސް
މަލޭޝިޔާ
ސަބްމެރިންތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރާ ސުވާލުކޮށްފި
ޑިފެންސް މިނިސްޓަރުގެ މަގާމުގައި 2002 ވަނަ އަހަރު ހުރި އިރު ގަތް ސަބްމެރިން ތަކެއްގެ މައްސަލަ
ކަމާބެހޭ ފަރާތްތަކުން ވަނީ މި މައްސަލަ ކުރިން ވެސް ތަހުގީގު ކޮށްފަ

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު، ނަޖީބް ރައްޒާގް މީގެ ސޯޅަ އަހަރު ކުރިން ހިންގާފައިވާ ކަމަށް ޝައްކު ކުރެވޭ ކޮރަޕްޝަންގެ އަމަލެއް އަނެއްކާވެސް ތަހުގީގު ކުރަން ފަށައި، އޭނާއާ ސުވާލުކޮށްފިއެވެ.

ނަޖީބް ޑިފެންސް މިނިސްޓަރުގެ މަގާމުގައި 2002 ވަނަ އަހަރު ހުރި އިރު ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މި އަމަލު ކަމާބެހޭ ފަރާތްތަކުން ވަނީ ކުރިން ވެސް ތަހުގީގު ކޮށްފައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނުލިބިގެން އޭރު ވަނީ އެ މައްސަލަ ބެލުން ހުއްޓާލާފައެވެ.

މެލޭޝިއާގެ އިތުރުން، ފްރާންސުން ވެސް ވަނީ ސަބްމެރިންތައް ވިއްކި ކުންފުނި ކަމަށްވާ ޑީސީއެންއެސް (މިހާރު ނޭވަލް ގްރޫޕް) އާއި އެ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ ތޭލްސް ކުންފުނީގެ ގެ ދެ ބޭފުޅެއްގެ މައްސަލަ ވެސް ބަލަންފަށާފައެވެ.

މި އަހަރު މޭ މަހު ބޭއްވި އިންތިހާބުން ބަލިވި ފަހުން ނަޖީބުގެ ތަފާތު އެތައް ކޮރަޕްޝަންގެ އަމަލެއް މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. އަދި ބައެއް މައްސަލަތައް ވަނީ ދައުވާ ކުރަން ފޮނުވާފައެވެ. ނަމަވެސް ނަޖީބް ވަނީ މި ހުރިހާ ދައުވާއަކަށް އިންކާރު ކޮށްފައެވެ.

- ކޮމެންޓް