ސިލޯން
|
20 ނޮވެންބަރ 2018 | އަންގާރަ 23:41
މަހިންދަ ރާޖަޕަކްސަ
މަހިންދަ ރާޖަޕަކްސަ
ޑެއިލީ މިރޯ
ސްްރީލަންކާ
ރާޖަޕަކްސަގެ ސަރުކާރަށް ބަޖެޓު ކަނޑާލުމުގެ ބިރު!
ބޮޑު ވަޒީރުގެ މުވައްޒަފުންގެ މުސާރަ އާއި ހަރަދުތައް ކަނޑާާލާނެ ކަމުގެ އިންޒާރު
ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ދެ ފަހަރަށް ލަންކާގެ މަޖިލީހުން ވަނީ ފާސްކޮށްފަ

އަވަށްޓެރި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރާޖަޕަކްސައާއި އިދިކޮޅު ކޯލިޝަންގެ މެންބަރުން، ބޮޑު ވަޒީރުގެ މުވައްޒަފުންގެ މުސާރަ އާއި ހަރަދުތައް ކަނޑާލަން މަޖިލީހުގެ ތަޅުމަށް ހުށައަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

މިހާރުގެ ސަރުކާރަކީ ސައްޙަ ސަރުކާރެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު މެމްބަރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ބަޖެޓުގެ މައްސަލަ ހުށައަޅާނެ ކަމަށް ވަނީ ހަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދީފައެވެ.

ބޮޑު ވަޒީރު ރާޖަޕަކްސަ އާއި ރައީސް ސިރިސޭނާ އަށް ތާއިދު ކުރާ މެންބަރުން ވަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ބަޖެޓު އޮތީ ފާސްކޮށްފައި ކަމަށާއި، ފާސްކޮށްފައި އޮތް ބަޖެޓެއް ބަދަލު ކުރުމުގެ އިޙްތިޔާރު ފިނޭންސް މިނިސްޓަރަށް ވެސް އަދި މަޖިލީހަކަށް ވެސް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމަށް ދެ ފަހަރަށް ލަންކާގެ މަޖިލީހުން ފާސްކޮށްފައިވާ ބޮޑު ވަޒީރު ރާޖަޕަކްސައަށް ވަފާތެރި މެމްބަރުން ވަނީ ތިން ވަނަ ފަހަރަކަށް އެ މައްސަލަ ހުށައަޅަން އަންގާރަ ދުވަހު ހުރަސް އަޅާފައެވެ. ނަމަވެސް ކުރިން ދެ ޖަލްސާއާއި ޙިލާފަށް އެއްވެސް ކަހަލަ ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ.

ލަންކާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއި ވިދިގެން އެ ގައުމުގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ލިބެމުންނެވެ. އަދި ލަންކާގެ ފައިސާ ވެސް ވަނީ ރިކޯޑު އަދަދަކަށް ދަށަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް