ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 19:38
ވަލީއަހުދު މުޙައްމަދު ބިން ސަލްމާން
ވަލީއަހުދު މުޙައްމަދު ބިން ސަލްމާން
ރޮއިޓަރސް
ޖަމާލް ޚަޝޯޤީ
ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރުގެ ތުހުމަތު ކުރެވޭ ވަލީއަހުދު މުޙައްމަދު މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށައިފި
ވަލީއަހުދު ސަލްމާނަށް ތުހުމަތު ކުރެވުނަސް އެއްވެސް ހެއްކެއް ނެތް
ހަޝޯގީގެ މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ ވަލީއަހުދު މުހައްދަމަށް

ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރުގެ ތުހުމަތު ކުރެވޭ މުޙައްމަދު ބިން ސަލްމާން، ވަލީއަހުދު ކަމުން ދުރު ކުރުމަށް ޝާހީ އާއިލާއިން މަސައކަތް ފަށައިފިއެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސަޢޫދީ ޢަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނު މުޙައްމަދު ބިން ސަލްމާން، ވަލީއަހުދުކަމުން ވަކިކޮށް، ދެން އެމަގާމަށް ގެންނަން އެންމެ އެކަށީގެންވާ މީހުން އާއިލާގެ އެތެރެ އިން ދައްކަމުން ދާކަމަށް، ބައެއް ނޫސްތަކަށް މައުލޫމާތު ދިން އެމެރިކާގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ.

ޝާހީ އާއިލާ އިން ދެކޭ ގޮތުގައި ދެން ރަސްކަން ކުރައްވަން އެންމެ އެކަށީގެންވާ ބޭފުޅަކީ ގިނަ ދުވަސްތަކެއްގައި ސައޫދީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޕްރިންސް އަޙުމަދު ބިން އަބްދުލް އަޒީޒެވެ. އަދި އޭނާއަކީ އާއިލާގެ ރުހުމާއި ހުޅަނގުގެ ތާއީދު އޮތް ބޭފުޅެއްގެ ގޮތުގައި ޝާހީ އާއިލާ އިން ދެކެއެވެ.

މީޑިއާތަކަށް މައުލޫމާތު ދީފައިވާ އެމެރިކާގެ އިސް އޮފިޝަލު ބުނެފައިވާ ގޮތުން ވަލީއަހުދު މުޙައްމަދާއި އެކު އެމެރިކާ އިން އޮންނަ ގުޅުން ބަދަލު ކުރުން އެކަށިގެނެއް ނުވެއެވެ.  

ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރުގެ މައްސަލައިގެ ތުހުމަތު ސައުދީ އަރަބިޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ކުރެވުނު ކަމުގައި ވީނަމަ ވެސް ވަލީއަހުދުގެ އަތެއް ވާކަމުގެ ސާބިތު ހިފޭ އެއްވެސް ހެއްކެއް އަދި ފެނިފަ އެއް ނުވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް