ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 06:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
ޖަމާޅް ޚަޝޯގީ
ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
ތުރުކީން ވަނީ މި އޯޑިއޯ ޓޭޕް އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ފޮނުވައިފަ

ސަޢޫދީ ނޫސްވެރިޔާ  ޖަމާލް ޚަޝޯގީގެ ގަތުލާ ބެހޭ އޯޑިއޯ ޓޭޕެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ޓޭޕްގެ އަޑު ނާއްސަވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

"އެއީ ވަރަށް ވަރުގަދަ ޓޭޕެއް. ވަރަށް ބިރުވެރި ޓޭޕެއް." އާދީއްތަ ދުވަހު ފޮކްސް ނިވްސްގެ ނޫސްވެރިއަކާއެކު ދެއްކެވި ވާހަކަފުޅެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

ސީއައިއޭގެ އިސް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ޚަޝޯގީ ގަތުލު ކޮށްފައި ވަނީ ސަޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާންގެ އަމުރުފުޅަކަށެވެ. އެކަމަކު ވައިޓް ހައުސްއިން މި ވާހަކަ ގަބޫލެއް ނުކުރެއެވެ.

ސަޢޫދީ ސަރުކާރުން ވަނީ ސީއައިއޭގެ ތުހުމަތު ދޮގުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި އެ ޤަތުލުގައި މުޙައްމަދު ބިން ސަލްމާންގެ އެއްވެސް ދައުރެއް ނެތެވެ.

ޚަޝޯގީ ގަތުލު ކުރީ ސީދާ ކާކުކަމެއް އަދިވެސް ނޭނގޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެެެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި އޯޑިއޯ ޓޭޕާ ބެހޭ ހުރިހައި މައުލޫމާތެއް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޚަޝޯގީގެ ގަތުލުގައި ބައިވެވަޑައިގަތުމެއް ނެތް ކަމުގެ ޔަަގީންކަން މުޙައްމަދު ބިން ސަލްމާން ވަނީ ދެއްވައިފައެވެ.

ޚަޝޯގީ ގަތުލުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ތުރުކީގައި ހުންނަ ސަޢޫދީ ކޮންސިއުލޭޓްގައެވެ. މި ގަތުލަކީ ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ވަނީ ބެލެވިފައެވެ. އޭނާ ގަތުލު ކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން 15 މީހަކު ތުރުކީއަށް ދިޔަ ކަމަށް ވަނީ ހެކިތަކުން ފެނިފައެވެ.

ތުރުކީން ވަނީ މި އޯޑިއޯ ޓޭޕް އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ފޮނުވައިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް