ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 18:42
އިރާގުގައި ބޮންގޮއްވާލީ ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ
އިރާގުގައި ބޮންގޮއްވާލީ ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ
އަލްއަރަބިއްޔާ
އިރާގު ބޮމުގެ ހަމަލާ
އިރާގުގައި ކާރެއްގަ ބޮންގޮއްވާލައި ފަސް މީހުން މަރާލައިފި
ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވޭ

އިރާގުގެ ތިކްރީތްގައި ކާރެއް ގޮއްވާލި  ހާދިސާގައި ފަސް މީހަކު މަރުވެ 16 މީހުން ޒަހަމްވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ބަޢްދާދާއި 175 ކިލޯމީޓަރު އުތުރުން އޮންނަ ތިކްރީތްގެ ރެސްޓޯރެންޓެއްގެ ކައިރި ޕާކްކޮށްފައިއޮތް ކާރެއްގެ ތެރޭގައި ބޮމެއް ގޮވުމުނެވެ. ބޮންގޮއްވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ވެހިކަލްތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ޕުލުހުންނާއި ހަވަލާދީ ބައެއް މަސްދަރުތައް ބުނޭއެވެ.

މިހާދިސާގައި ތިން އަންހެނުން ވަނީ މަރުވެފައިއެވެ. ޒަހަމްވި މީހުންގެ އަދަދޫ 16 އަށް އަރާފައިވާއިރު މިމީހުންނަށް ތިކްރީތްގެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޭއެފްޕީ އިން ބުނޭއެވެ. މި ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު ވޭތުވެދިޔަ ދުވަސްތަކުގައި އިރާގުގައި ހިނގި ބޮންގޮއްވުމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އެވެ.

ނޮވެމްބަރު މަހު ބަޢްދާދުގެ އެކިސަރަރަހައްދު ގައި ބޮންގޮއްވުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައިއެވެ. އިރާގު ސިފައިން އައިއެސް ޖަމާއަތުގެ އަތްދަށުން ތިކްރީތް ގެންގޮސްފައިވަނީ 2015 ވަނަ އަހަރުއެވެ. މިގޮތުން އައިއެސް އިން ދަނީ އިރާގު ސިފައިންނާ ދެކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވަމުންނެވެ.

އިރާގާއި އާއި ސީރިޔާ ދެމެދު އޮންނަ ބޯޑަރު ހުރަސްކޮށް އިރާގަށް ވަނުމަށްވެސް އައިއެސް މަސައްކަތްކުރަމުންދޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް