ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 09:29
އަދީބު އޮޕަރޭޝަނަށް ވައްދަނީ
އަދީބު އޮޕަރޭޝަނަށް ވައްދަނީ
މުހައްމަދު ޝަރުހާން
އަހުމަދު އަދީބު
އަދީބު އޮޕަރޭޝަނަށް ވައްދައިފި
އޮޕަރޭޝަނަށް ވައްދާފައި ވަނީ މިއަދު 8:30 ޖެހިއިރު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އޮޕަރޭޝަނެއް ކުރުމަށް ވައްދާފައިވާ ކަމަށް އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.

ނަޝްވާ ވިދާޅުވީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ކުރާ އޮޕަރޭޝަނަށް ވައްދާފައި ވަނީ މިއަދު 8:30 ޖެހިއިރު ކަމަށެވެ.

އަދީބު ޖަލަށްލި ފަހުން ސިއްހީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އަދީބުގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓްތައް އިތުރުވެފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވެފައިވާ ކަމަށް ނަޝްވާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. 

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް